ޚަބަރު

ޤިޞާޞްގެ ޙުކުމަކީ ފާޑު ކިޔޭނެ އެއްޗެއް ނޫން!

ޤިޞާޞްގެ ޙުކްމަކީ އެއަށް ފާޑެއް ކިޔޭނެ އެއްޗެއް ނޫން ކަމަށް ޝައިހް އަލީ ޒައިދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވެއްޖެއެވެ.
އަލީ ޒައިދު ވިދާޅުވީ ފާޑުކިޔޭނީ އިންސާނުންގެ ކަންކަމަށް ކަމަށާއި، ޤިޞާޞްގެ ޙުކްމަކީ ބާވައިލެއްވުނު އިލާހީ ޙުކްމެއް ކަމުގައެވެ. އަދި ޤިޞާޞްގެ ޙުކުމް ތަންފީޒު ނުކޮށްގެން ފާފަވެރިވާއިރު، މިޙުކުމަށް އިންކާރު ކުރުމަކީ ސީދާ ކުފްރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
”އެއަށް އިންކާރުކުރާނަމަ އެއިންކާރު ކުރާނީ ގުރްއާނަށް.“ ޝައިހް އަލީ ޒައިދު ވިދާޅުވިއެވެ.
ޝައިހް އަލީ ޒައިދު މިފަދައިން ވިދާޅުވެފައި މިވަނީ މަރަށް މަރު ހިފައިދިނުމަށް އެދި ސޯޝަލް މީޑިއާގައި ވަރަށް އަޑުހަރުކޮށް އާންމުން ގޮވަމުން ދާ ދަނޑިވަޅެއްގައެވެ. މާލޭ ގެއެއްގެ ތެރޭގައި އަނިޔާވެރިގޮތަކަށް ޝިއާއު މުހައްމަދު ސައީދު، 22 މަރާލާފައި ވުމާގުޅިގެން ޝިއާއުގެ ގާތިލް ކަމަށް ފުލުހުން ތުހުމަތު ކުރާ އަލީ ޝާހިލް، 23 އަށް ދޭން ޖެހޭނީ އިސްލާމީ ޝަރީއަތުގައިވާ މަރުގެ އަދަބު ކަމަށް އާންމުން އަންނަނީ ބުނަމުންނެވެ. 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button