ޚަބަރު

އަނިޔާވެރި ޢަމަލުތަކަށް ޙައްޤު އަދަބުތައް ކަނޑައެޅިފައިވަނީ އިސްލާމީ ޝަރީޢަތުގައި: ޑރ.ޝަހީމް

އަނިޔާވެރި ޢަމަލުތަކަށް ޙައްޤު އަދަބުތައް ކަނޑައެޅިފައިވަނީ އިސްލާމީ ޝަރީޢަތުގައި ކަމަށް ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވެފައި މި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ އަނިޔާވެރި ގޮތަކަށް މާލޭގައި ޒުވާން އަންހެނަކު މަރާލާފައިވާ ދަނޑިވަޅެއްގައެވެ.

ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީން ބާރު ލިގެންވާ މަގުން، ޤާނޫނޫލް ޢުޤޫބާތުގައިވާ ގޮތުގެ މަތިން ރާއްޖޭގައި އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެން ޤިޞާޞްގެ ޙުކުމް ތަންފީޒުކުރަންޖެހޭ ކަމަށެވެ. އަދި އަނިޔާވެރި ޢަމަލުތަކަށް ޙައްޤު އަދަބުތައް ކަނޑައެޅިފައިވަނީ އިސްލާމީ ޝަރީޢަތުގައި ކަމަށް ޝަހީމް ވިދާޅުވިއެވެ.

ވަރަށް ރަހުމު ކުޑަކޮށް މަރާލައިފައިވާ ޝިއާއު މުހައްމަދު ސައީދު ގެ ގާތިލް ކަމަށް ފުލުހުން ތުހުމަތު ކުރާ އަލީ ޝާހިލް އަށް މަރުގެ އަދަބު ދިނުމަށް ސޯޝަލް މީޑިއާގައި ރައްޔިތުންނާއި، ރާއްޖޭގެ ދީނީ އިލްމުވެރިންގެ އިތުރުން ސިޔާސީ ބޭފުޅުންވެސް އަންނަނީ ގޮވާލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button