ޚަބަރު

ރަނގަޅު ތަހުގީގެއް ކޮށް ޝިއާއު މަރާލި މީހުންނަށް ހައްގު އަދަބު ދޭން ޖެހޭ: ރައީސް ނަޝީދު

ރަނގަޅު ތަހުގީގެއް ކޮށް ޒުވާން އަންހެން ކުއްޖަކު މަރާލި މީހުންނަށް ހައްގު އަދަބު ދިނުމަށް ރައްޔިތުން މަޖްލީހުގެ ރައީސް އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގައި ޒުވާން އަންހެން ކުއްޖެއް ނުހަނު އަނިޔާވެރިކޮށް މަރާލާފައިވަނީ އެންމެންނަށް ސިހުން ލިބޭ މިންވަރަށް ކަމުގައެވެ. އަދި އިތުރު މީހެއްގެ އިއުތިރާފް ބަޔާނަށް ބުރަ ނުވާ ރަނގަޅު ތަހުގީގެއް ކޮށް، މިކަން ކުރި މީހުންނަށް ހައްގު އަދަބު ދިނުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނީ ފުވައްމުލައް ސިޓީ، މާލެގަން, ކުރި, ޝިއާއު މުހައްމަދު ސައީދު، 22 އެވެ. އެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ފ.ނިލަންދޫ ފިނިފެންމާގެ، އަލީ ޝާހިލް، 23 އެވެ.

އަލީ ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފިއެވެ. އިއްޔެ ފުލުހުން މިމައްސަލައާއި ގުޅިގެން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއަވާފައެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ގޮތުގައި އެ ހާދިސާ ހިނގައިދިޔަ ވަގުތު ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި، މިހާތަނަށް އެއްވެސް ކަމަކަށް އޭނާ އިއުތިރާފްވެފައި ނުވާ ކަމަށާއި، ގިނަ އަދަދެއްގެ ހަތިޔާރު އެތަނުން ފެނުންކަމަށާއި، އަދި ޝާހިލްގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތެވެ.

One Comment

  1. hama kaley ge thi angain bunaani. E ei e kan kuri meehaa ah dheyn heyovaa varuge adhabeh nooney. Eynaa dhookohlaashey. Manikufaanu nengevi dose gr vaguthu hamavefa hureema thihen thi buni. Dose aakohlaafa konmes f***y vidhaalhuvey dhen

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button