ޚަބަރުސިޔާސީ

ރައީސް ޔާމީނަކީ ގައުމުގެ މަސްއޫލިއްޔަތުތައް ޒުވާނުންނާ ހަވާލު ކުރުމަށް ކެރުނު ވެރިއެއް، އެދައުރު އަލުން އިއާދަކުރަން ޖެހޭ: ޑރ.ޝަހީމް

ޖަލަށް ލާފައިވާ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ގައުމުގެ މަސްއޫލިއްޔަތުތައް ޒުވާނުންނާ ހަވާލު ކުރުމަށް ކެރުނު ވެރިއެއް ކަމަށާއި އެދައުރު އަލުން އިއާދަކުރަން ޖެހޭ ކަމަށް ޕީޕީއެމްގެ އެޑްވައިޒަ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިފަދައިން ވިދާޅުވީ ރައީސް ޔާމީން 2023 ގައި ވެރިކަމަށް ގެނައުމަށް ކެމްޕެއިން ކުރުމުގެ ގޮތުން ދަރުބާރުގޭގައި މިއަދު ފެށި ހޯޕް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

”އެމަނިކުފާނުގެ ކެބިނެޓަށް ބެލިޔަސް އެއީ ވަކި އާއިލާއަކަށް ވަކި މީހެއްގެ އަނބިކަނބަލަކަށް، ވަކި މީހެއްގެ ފިރިކަލަކަށް ބައްލަވައިގެން ވަޒީފާ ދެއްވި ބޭފުޅެއް ނޫން. ކިތަންމެ ނިކަމެތި އާއިލާއަކަށް ވިޔަސް އެ ޒުވާނަކީ ގާބިލު މީހެއް ކަމަށް ވަންޏާ ގައުމުގެ ކަންކަން ހަވާލު ކުރުމަށް އެމަނިކުފާނު ފަސްޖެހިވަޑައި ނުގަންނަވާ.“ ޑރ.ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ފާހަގަކުރެއްވިގޮތުގައި އިދިކޮޅު ލީޑަރު މިއަދު ހުރަގެއަށް ލައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން އުޅޭއިރު، ރައީސް ޔާމީނަކީ އަމިއްލަފުޅު ދިފާއުގައި މިއަދު ވާހަކަފުޅުދައްކަވާނެ ހާލަތެއް އޮތް ބޭފުޅެއް ނޫނެވެ.

”އެފަދަ ހާލަތެއްގައި ރައީސް ޔާމީން ބަހައްޓައިގެން އެމީހަކާ ދިމާލަށް އެއްޗެހި ކިއުމަކީ ހަމަ މީހަކު ކުރާނެ ކަމެއް ނޫން. އެއީ އަހުލާގީ ގޮތުންވެސް ރީިތި ކަމެއް ނޫން.“ ޑރ.ޝަހީމް ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޝަހީމް ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ރައީސް ސޯލިހަށް ގޮވާލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button