ޚަބަރު

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އަލުން ވުޖޫދަށް ގެންނަން ޑރ.ޝަހީމް ގޮވާލައްވައިފި 

ގާނޫން ގައި ވާފަދައިން ފިޤްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި، ”އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް“ ގެ ނަމުގައި މަޖިލީހެއް އުފެއްދެވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ގޮވާލައްވައިފިއެވެ.

މިކަމަށް ޑރ.ޝަހީމް ގޮވާލައްވައިފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ނިސްބަތްވާ އިސް ވެރިންތަކެއް ދީނީ އިލްމްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ.

ޑރ.ޝަހީމް ކުރެއްވި ޓުވީޓްގެއްގައި ވިދާޅުވީ ރާއްޖޭގެ ފަތުވާ މަޖިލިސް ހަރަކާތްތެރިކުރުވުމަށް ތަކުރާރުކޮށް ގޮވައިލާ ކަމަށާއި، އެކަން ނުކޮށްފި ނަމަ ގައުމު ދީނީ ގޮތުން ބައިބައިވެގެން ހިނގައިދާނެ ކަމަށެވެ.

ގާނޫނުގައި ވަރަށް ސަރީހަކޮށް ”އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް“ އޮތުމުގެ ބޭނުމާއި މަސްއޫލިއްޔަތުތައް ބުނެދީފައިވެއެވެ. އޭގެތެރޭގައި “ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޤާއިމްކޮށް ދެމެހެއްޓުމަށްޓަކައި ދިވެހި މުޖުތަމަޢަށް ބޭނުންވާ ދީނީ ފަތުވާ ޢާންމުންނަށް ފޯރުކޮށްދިނުމާއި، އިސްލާމީ އުންމަތަށް ދިމާވާ ފިޤްހީ އައު މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ، އެފަދަ މައްސަލަތަކުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ދީނީގޮތުން ފަތުވާ ދިނުން މުހިންމުކަމަށް މަޖިލީހަށް ފެންނަ މައްސަލަތަކުގައި، ދީނީ ފަތުވާ ޢާންމުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ. ދިވެހި ރައްޔިތުންގެ މެދުގައި އުފެދޭ ދީނީ ޚިޔާލު ތަފާތުވުންތައް ނައްތާލުމަށާއި، މުޖުތަމަޢުގެ މަޞްލަޙަތު ހިމެނޭ ދީނުގެ އެކި މައްސަލަތަކުގައި ޚިޔާލު ހޯދާ މަޝްވަރާކުރުމަށްޓަކައި، ދީނީ ޢިލްމުވެރިންގެ މަހާސިންތާތަކާއި ސެމިނަރތައް ރާވައި ހިންގުން؛ އަދި ދީނީ ކަންކަމުގައި ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ތަފާތު ދީނީ މައުޟޫޢުތަކަށް ދިރާސާކޮށް ލިޔެފައިވާ ލިޔުންތައް ޝާއިޢުކޮށް ނެރުންވެސް ހިމެނެއެވެ.

ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމުގެ ގާނޫނުގައިވާ ގޮތުން ފަތުވާ މަޖިލީހަށް މެމްބަރުން އެކުލެވިގެން ވަނީ ރައީސް އައްޔަން ކުރާ ހަތަރު މެންބަރަކާއި މިނިސްޓަރުގެ ލަފާ މަތިން އައްޔަން ކުރާ އެއް މެންބަރުގެ މައްޗަށެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ފަތުވާ މަޖިލީހަށް އާ މެންބަރުން އައްޔަންކޮށްފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button