ޚަބަރު

އިސްލާމީ އުސޫލުތައް ދަމަހައްޓައި، އެއްޖިންސުން ގުޅުން ހިންގާ މީހުނާމެދު ފިޔަވަޅު އަޅަންޖެހޭ: ޑރ.ޝަހީމް

ރާއްޖޭގެ އިސްލާމީ އުސޫލުތައް ދަމަހައްޓައި, އެއްޖިންސުން ގުޅުން ހިންގާ މީހުނާއިމެދު ފިޔަވަޅު އަޅަންޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ޕީޕިއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, އެއް ޖިންސުގެ ގުޅުން ހިންގާ ފަރާތްތަކާއި މެދު ޝަރުޢީ، ޤާނޫނީ ފިޔަވަޅުއަޅައި، ރާއްޖޭގެ އިސްލާމީ އުސޫލުތައް ދަމަހައްޓަން ޖެހޭ ކަމަށާއި, އިސްލާމީ އުންމަތުގައި ރާއްޖެއާމެދު ދެކޭ ގޮތާއި އިސްލާމީ ގައުމުތަކުގެ މެދުގައި ރާއްޖެއަށް ލިބިފައި އޮންނަ ޝަރަފާއި ކަރާމަތު ރައްކާތެރިކޮށް ދަމަހައްޓަންޖެހޭކަމަށެވެ.

އެމަނިކުފާނުގެ މި ޓްވީޓަކީ ދާދިފަހުން ލީކުވެފައިވާ އެއްޖިންސުން ގުޅުން ހިންގާ ވިޑިއޯތަކާއި ގުޅިގެން ކުރެވެމުންދާ ތަހުގީގާއި ގުޅިގެން ކުރެއްވި ޓްވީޓެއްކަމަށް ބެލެވެއެވެ. އެގޮތުން މިކަމާ ގުޅިގެން ދާދިފހުން ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި, މި މައްސަލައާއި ގުޅިގެން ތަހުގީގުކުރެވެމުންދާ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އަލަމްގިރީގެ މައްޗަށް ކުރެވެނީ ބްލެކްމއިލްުކުރުމާއި, ބިރުދެއްކުމުގެ ތުހުމަތެވެ. އަދި މި މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކާއިމެދު އެއްޖިންސުން ގުޅުން ހިންުމުގެ ތުހުމަތުގައި ސީދާ ތަހުގީގެ ހިންގެމުންދާކަމެއް އެނގިފައެއް ނެތެވެ.

ލިވާތު ވީޑިއޯ ތަކާއި ގުޅިގެން މިހާތަނަށް އަލަމްގިރިއާއިއެކު 4 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު, އަލަމްގިރި ފިޔަވައި އެންމެންގެ ޕާސްޕޯޓު ވަނީ ދޫކޮށްލާފައެވެ. އަދި އެއަށްފަހު މި މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް ފުލުހުން ސާފުކޮށްދީފައެއް ނުވެއެވެ.

މި މައްސަލައިގައި ފުލުހުންނާއި ސަރުކާރުން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ގިނަބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި ސަރުކާރުގެ ބައެއް އިސްބޭފުޅުންނާއި, އެމްޑީޕީގެ އިސްސަފުގައި ހިމެނޭ ބައެއް ބޭފުޅުން ވަނީ އެކަމަކީ އެމީހުންގެ ޒާތީ ކަމެއް ކަމަށާއި, މި މައްސަލައިގައި ކުށްވެރިވަނީ ހަމައެކި ވީޑިއޯތައް ލީކުރި ފަރާތްތަތައް ކަމަށް ދޭހަވާ މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ.

މިމަހުގެ ކުރީކޮޅު އާންމުވި ވީޑިއޯތަކާއި ގުޅިގެން އަލަމްގިރި ހައްޔަރުކުރެވި, ތަހުގީގުކުރެވެމުން އަންނައިރު, މި މައްސަލައިގައި ދެން ހިމެނޭ ހުރިހާ ފަރާތްތަކުންހެން ވަނީ ތުހުމަތުތައް ދޮގުކޮށްފައެވެ. އެހެން ނަމަވެސް އާންމުން ވަނީ ބައެއް ވީޑިއޯތަކުގެ އެނަލައިސިސް ހަދައި, ވީޑިއޯތަކުން ފެންނަނީ ތުހުމަތު ކުރެވޭ ފަރާތްތައް ކަމަށް ބުނެފައެވެ. މީގެ އިތުރުން މި މައްސަލައާއި ގުޅިގެން ފުލުހަކަށް ތުހުމަތުކުރެވިފައިވާއިރު, އޭނާ ވަނީ ފުލުހުންގެ ހިދުމަތުން ސަސްޕެންޑުކޮށްފައެވެ.

 

2 Comments

  1. Shaheemakee imraan ge varah gaay sirru Veri ekuveri eh imraan jalah lumun ry ah bavaafa islaacik minisqk ministyeen vakive imraan meydey GA kuree rangalhu kameh kamashaa imraan jaluga nubeheh teyne kama vakaalaath koh MDP AAI gulhunu!!!!!!!;?

  2. ދުނިޔޭގެ ހުރިހާ ގައުމެއްގަވެސް ތިބާވަތުގެ ވިޔާނުދާ ޢަމަލު ހިންގާ މީހުންގެ ނިސްބަތް ވަރަށްބޮޑު. މިހަކު ކުށެއް ކުރުމުން އެކަމަށް އިސްލާމީ ޝަރީޢަތުގަ ކަނޑައެޅިފައިވާ ޙައްގު އަދަބު ޝަރުޢީ ހަމަތަކުން މިގައުމުގަވެސް އަންނަނީ ދެމުން. ކޮންމެ މީހަކުވެސް ތިމާގެ ނަފުސާމެދު ފުންކޮށް ވިސްނާލުން މުހިންމު. ތިމާ ތިމާގެ ޝަހުވަތުގެ ދިޔަވަރު ހިލިގަތް އުމުރުން ފެށިގެން އަދާ ހަމަޔަށް އެ އެދުންވެރިކަން ފުއްދަނީ ކިހެނެއްތޯއާމެދު. ތިމާ އަމިއްލަޔަށް ކިތައްދުވަހު ؟ އެހެންމީހަކާއެކީ ކިތައްދުވަހު ؟ ކާވެނި ނުކޮށް ކިތައް ދުވަހު ؟ ހިލޭ އަންހެނުންނާއެކު ކިތައްދުވަހު ؟
    އިސްލާމްދީނުގާ ޒިނޭ ކުރުމާއި ލިވާތު ކުރުން ވަނީ ހަރާމް ކުރައްވާފަ.

    އިނދެގެން އުޅޭ އަނބިންނާއެކުވެސް ލިވާތު ކުރާ މީހުން ވަރަށް ގިނަ

    އަދި ފިރިހެނުން ފިރިހެނުންނާއެކު. އަންހެނުންނާއެކު މަސްނޫޢީ ތަކެތި ބޭނުންކޮށްގެން ލިވާތު ކުރޭ

    ވީމާ މި ހުރިހައި ނުބައި ކަމަކުން މުސްލިމުން ދުރުވެ ތައުބާވެގަނެ އިސްލާހު ވާންޖެހޭ.

    މީހުން ފަޅާއަރާނީ މަދު ފަހަރަކު

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button