ޚަބަރުސިޔާސީ

ތައްޔިބުއަށް ކޮރަޕްޝަންގެ ތުހުމަތެއް!

ރާއްޖޭގައި ފިލްމުކުރަން ޓީވީއެމް އަށް ލިބޭ އިންކުއަރީސްތައް ޓުއަރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަ ތައްޔިބު ޝަހީމްގެ އަމިއްލަ ނަމުގައި ނަގާ، ޓެކްސް ނުދައްކައި އެޖެންޓު ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކޮށް މީހަކު ޓުވީޓްއެއް ކޮށްފިއެވެ.

މި ޓުވީޓްގައި ވަނީ ރާއްޖޭގައި ފިލްމުކުރަން ޓީވީއެމް އަށް ލިބޭ އިންކުއަރީސްތައް، ތައްޔިބު އަމިއްލަ ނަމުގައި ނަގައި، އެޖެންޓެއްގެ ގޮތުގައި ޓެކްސް ނުދައްކައި ވިޔަފާރިކުރާކަމަށް ބުނެފައެވެ. އަދި މަގާމުގެ ނުފޫޒު ބޭންކޮށްގެން މިނިސްޓްރީއިން ސިޓީ ފޮނުވާ، ސަރުކާރުގެ ތެރެއިން ފަސޭހަކޮށް ޕާމިޓްސް އަދި ކްލިއަރަންސް ހޯދާކަމަށް ތުހުމަތުކޮށް މިއީ ކޮރަޕްޝަންކަމަށް ތުހުމަތުކޮށްފައެވެ.

މި ގޮތައް ޓުވީޓް ކޮށްފައި މިވަނީ މިމަހުގެ 7 ވަނަ ދުވަހު ތައްޔިބު ކޮށްފައިވާ ޓްވީޓް އަކާއި ގުޅިގެންނެވެ. ތައްޔިބުގެ ޓުވީޓްގައި ވަނީ 2023 ޖެނުއަރީ 1 ގައި، ރާއްޖޭގެ ރީތި މަންޒަރުތައް ހޮލީވުޑް ހޯލްމާކް ޗެނަލަށް އަންނާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button