ގާނޫނޫ ހެދުމުގެ ބާރު ވަކި ފަރާތެއްގެ އަތްދަށުވެ، އެފަރާތުގެ ކޮންޓްރޯލްގެ ދަށުގައިވާކަން ރަސްމީކޮށް އިއުލާންވެގެން ދިއުމަކީ ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ދުސްތޫރީ ނިޒާމެއްގައި، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވާންޖެހޭ ކަމުގައެވެ. އެއާ ހިލާފަށް ވެރިކަން ހިންގާ ބާރުގެ އައްތަށުގައި ގާނޫނު ހެދުމުގެ ބާރު އޮތްކަން އިއުލާން ކުރުމަކީ ކަންބޮޑުވުމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ތިން ބާރު ވަކިވެފައިވާ ދުސްތޫރީ ނިޒާމެއްގައި، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވާންޖެހޭ އިރު، ވެރިކަން ހިންގާ ބާރާއި ޤާނޫނޫ ހެދުމުގެ ބާރު ވަކި ފަރާތެއްގެ އަތްދަށުވެ އެފަރާތުގެ ކޮންޓްރޯލްގެ ދަށުގައިވާކަން ރަސްމީކޮށް އިޢުލާންވެގެން ދިއުމަކީ ފަހަތަށް އެޅުނު ފިޔަވަޅެއް.
— Mohamed Shaheem Ali Saeed (@Mohamedshaheem1) August 12, 2021
އިއްޔެ ހަވީރު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނަށް މަޖިލިސް މެޖޯރިޓީ ލިބުމުގެ ސަބަބުން އޮމާން ކަމާއެކު ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމުގައެވެ. އަދި ރައީސް ޔާމީން ކަން ކުރިޔަށް ގެންދެވިގޮތަށް ރައީސް ސޯލިހުވެސް ކަންކަން ކުރައްވަން ބޭނުންފުޅުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އެކަން އަޅުގަނޑު ކުރާނެ. އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު މިހުރީ ރައްޔިތުންގެ މަޖިލިސް މެޖޯރިޓީއާ އެކީގަ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި މަޖިލިސް މެޖޯރިޓީ ދަމަހައްޓަވާނެ ކަމުގައެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވިއިރު އެމަނިކުފާނަކީ އެމްޑީޕީގެ ފަރާތުން ވެރިކަން ކުރައްވާ ބޭފުޅެކެވެ. އަދި މަޖިލިސް މެޖޯރިޓީ މިހާރުވެސް އޮތީ އެ ޕާޓީގައެވެ. އެކަމަކު އެމަނިކުފާނަށް މެޖޯރިޓީ އޮންނަން ޖެހޭ ކަމަށް ވިދާޅުވި ވާހަކަފުޅުގެ މުރާދަކީ ކޮބައިކަމެއް ނޭނގެއެވެ.
މިހާރު ތި ހުންނެވި ރައީސަކީ ކޮއްމެ ކަމެއްގާ ވެސް ކޮއްމެ ވާހަކައެއްގާ ވެސް،ތި މޭރުމުން އަބަދު ވެސް ބޮޑައި ބަސްތައް ވިދާޅުވާ ރައީސެއް،އެއްމެ ކުޑަމިނުން ރައިއްޔަތަކާ ުޚުޚުޚުޚުޚުޚުޚުޚުޚު