އިސްލާމީ ހަޟާރަތު ބިނާކުރާނެ ޖީލެއް ތަރުބިޔަތު ކުރުން މުހިންމު: ޑރ،ޝަހީމް

ތަޢުލީމީ އާ އަހަރު ފެށިގެންދާއިރު، އިސްލާމީ ހަޟާރަތު ބިނާކުރާނެ ޖީލެއް ތަރުބިޔަތުކުރުން މުހިންމު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ،މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް ކުރެއްވި ފޭސްބުކް ޕޯސްޓެެއްގައި ވިދާޅުވީ މާތް ﷲ އާއި ރަސޫލާ ދެކެ ލޯބިވެ، އިސްލާމްދީނާއި ދީނުގެ ޝިއާރުތަކަށް ޙުރުމަތްތެރިކޮށް ހިތައި، އަނެކުންނަށް އިހުތިރާމްކޮށް، ރިވެތި އަހުލާގުގައި ހިފައި، ނަމާދު ގާއިމުކޮށް، އިސްލާމީ ހަޟާރަތު ބިނާކުރާނެ ޖީލެއް ތަރުބިޔަތުކުރުމަށް މުހިންމުކަން ދޭންޖެހޭ ކަމުގައެވެ.
ތަޢުލީމީ އާ އަހަރު ފެށިގެންދާއިރު، ﷲ އާއި ރަސޫލާ ދެކެ ލޯބިވެ، އިސްލާމްދީނާއި ދީނުގެ ޝިޢާރުތަކަށް ޙުރުމަތްތެރިކޮށް ހިތައި އަނެކުންނަށް އިޙުތިރާމްކޮށް ރިވެތި އަޚުލާޤުގައި ހިފައި ނަމާދު ޤާއިމުކޮށް އިސްލާމީ ޙަޟާރަތު ބިނާކުރާނެ ޖީލެއް ތަރުބިޔަތުކުރުމަށް މުހިންމުކަން ދޭންޖެހޭ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) August 8, 2021
އެޑިއުކޭޝަން މިނިސްޓްރީއިން ބުނިގޮތުގައި ސްކޫލްތައް ހުޅުވޭނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.