ޚަބަރުސިޔާސީ

މަގުމައްޗަށް ނިކުންނަނީ ގޮތެއް ނެތިގެން، ދިވެހިން ތިބީ 2023 އަށް ތައްޔާރުވެގެން: ސަރަނގު އާދަމް މަނިކު

ރައްޔިތުން މަގުމައްޗަށް ނިކުންނާނީ ގޮތް ހުސްވާ ހިސާބުން ކަމަށާއި ދިވެހިން ތިބީ 2023 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވެގެން ކަމަށް މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.

ދިވެހި ޗެނަލް ގެ ހަވާސާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ ދިވެހިން ތިބީ 2023 ގެ ރިޔާސީ އިންތިހާބުގެ އިންތިޒާރުގައި ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރު އޮންނަނީ އަބަދުވެސް ޗުއްޓީގައެވެ.

”ރައްޔިތުންގެ އަތުގަ ލާރިއެއް ނެތޭ. އަނގަޔާ އަތަކާ ދިމަލެއް ނުވެޔޭ. އެމީހުން ހޯދާނީ ބަނޑުފުރާނަ މުއްތި ކުރާނެ ގޮތެއް. އެކަމަކު އެމީހުންނަށް ލިބޭ ފުރުސަތުގެ ބޭނުން ކުރާނެ.“ އާދަމް މަނިކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ސަރުކާރުން ރައްޔިތުންނަށް އިހުތިރާމް ކުރަން ޖެހޭނެއެވެ. ވެރިން އަންނަނީ ރައްޔިތުންގެ ފަރާތުން ކަމަށާއި، ރައީސް ސޯލިހުވެސް ވެެރިކަމަށް ވަޑައިތުމުގެ ކުރިން އެމަނިކުފާނަކީ އާދައިގެ ރައްޔިތެއްކަން ކަން އާދަމް މަނިކު ފާހަގަކުރެއްވިއެވެ.

”މިއުޅެނީ ނިޒާމުގެ މައްސަލައެއް ނޫން. ރައީސް ނަޝީދު ބޭނުންހާ ގޮތެއްވެސް ނުވާނެ. މިއީ ޑިމޮކްރަޓިކް ގައުމެއް.“ އާދަމް މަނިކު ވިދާޅުވިއެވެ.

އާދަމް މަނިކު ވިދާޅުވީ ހުރިހާ ކަމަކަށްވުރެ ގައުމު ބޮޑުވާނެ ކަމަށެވެ. އަދި އެކަކު ވަށައިގެން އެނބުރޭ ގޮތަށް ސިޔާސީ ޕާޓީތައް ނުހިނގާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

އިތުރު ކިޔާލުމަށް
Close
Back to top button