ޚަބަރުސިޔާސީ

ޖުލައި މަހުން ފެށިގެން ޖާބިރުގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފަ

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ޖުލައި މަހުން ފެށިގެން އިމިގްރޭޝަނުން ހިފަހައްޓާފައިވާކަން ”ބޮންތި“ އަށް އެނގިއްޖެއެވެ.

އެނގޮފައިވާގޮތުގައި ޖާބިރުގެ ޕާސްޕޯޓު ހިފެހެއްޓީ އޭނާގެ މުވައްޒަފުންތަކަކަށް މުސާރަ ނުދޭ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައި އޮތުމުންނެވެ. ޖާބިރު ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖެއިން ބޭރަށް ދާން މަސައްކަތް ކުރައްވާފައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ޖާބިރަށް ފޯނުން ގުޅުމަށް ”ބޮންތި“ އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

މެންބަރު ޖާބިރު ވަނީ މަޖިލިސް އިދާރާ ބޭރުގައި މިއަދު އިހުތިޖާޖުވެސް ކޮށްފައެވެ. އޭނާ ވަނީ ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ޑިފެންސް މިނިސްޓްރ މާރިޔާ އަހުމަދު ދީދީގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ. އަދި އިންޑިއާގެ ބީޖޭޕީ ސަރުކާރަށް ރާއްޖެ ވިއްކާލާފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button