ޚަބަރުސިޔާސީ

ރާއްޖޭގައި ކެސީނޯ އެޅުން މަނަލެއް ނޫން: ރައީސް ނަޝީދު

ރާއްޖޭގައި ކެސީނޯ އެޅުމަކީ މަނާ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު، ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފާއި ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ.

މެންބަރު ޖާބިރު ވިދާޅުވެފައިވަނީ ރާއްޖެ ވަރަށް ހައި ކްލާސް ޓޫރިޒަމްއެއްގައި އޮންނަ އިރު، ފައިދާ ނުވާ ގޮތަށް ސްޕޯޓްސް ޓޫރިޒަމް ހިންގުމުގެ ބަދަލުގައި ކެސީނޯތައް ހިންގުމަކީ ބޭނުންތެރި ކަމެއް ކަމުގައެވެ. އެކަމަށް ހުއްދަ ނުދެވިގެން އުޅެނީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވިއެވެ.

ޖާބިރު މިފަދައިން ވިދާޅުވުމާ ގުޅިގެން ރައީސް ނަޝީދު، މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވިދާޅުވީ ކެސީނޯ ލައިސަންސް ދިނުމާ ގުޅޭ ގޮތުން ތަކުރާރުކޮށް ވަރަށް ގިނައިން ސުވާލު އަންނަ ކަމަށާއި، ނަމަވެސް ކެސީނޯ ލައިސަންސް ދިނުމަކީ އެއްވެސް ގަވައިދަކުން މަނާކުރާ ކަމެއް ނޫން ކަމުގައެވެ.

ޖާބިރުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ މަހްލޫފް ވިދާޅުވީ މިހާރުވެސް ރިސޯޓުތަކުގައި ބަނގު ރާ ވިއްކާ ކަމަށާއި، ނަމަވެސް ކެސީނޯގެ ވާހަކަ ދެއްކުމުން އެއީ ހަރާމްކަމެއް ކަމަށް ބުނާ ކަމުގައެވެ. އަދި އެ މައްސަލައިގައި މަޝްވަރާ ކުރަންޖެހޭކަން މަހުލޫފު ފާހަގަކުރެއްވިއެވެ.

5 Comments

  1. Aharumen dhushin Furanage huri Casino Maumoon dhauruga sifain gos bandhukurithan meenamee muruthahdhuvafa huri beethaaehtha meena ragalhuvaanee ekahala vaahaka dhakkan Igireysi Vilaathuge majileehuge Raees akah bahattan

  2. ތިހާ ކެސީނޯ ކުޅޭހިތްވަންޔާމު އަމިއްލަ ގޭގަ ކެސީނޯ ހަދާގެން ކުޅެބަލަ! ތިމާ މަގުފުރެދި އެހެންމީހުން މަގުފުރެއްދުމަކީ އެންމެ ނުބައި ވައްތަރު!

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button