ޚަބަރުސިޔާސީ

މަރު ކޮމިޝަނުން ގާނޫނާ ހިލާފަށް އަމަލު ކުރާކަމަށް ބުނެ ރައީސް ޔާމީންގެ ވަކީލުން އިހުތިޖާޖު ކުރަނީ

މަރު ކޮމިޝަނުން ގާނޫނާ ހިލާފަށް އަމަލު ކުރާކަމަށް ބުނެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގާނުނީ ވަކީލުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

”ބޮންތި“ އަށް އެނގިފައިވާގޮތުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ތެރެއިން އަބްދުﷲ ޝިޔާޒު ފިޔަވައި އެހެން ވަކީލުން ތިއްބެވީ ކޮމިޝަނުގެ ބައްދަލުވުން ދޫކުރައްވައި ބޭރުގައެވެ.

މިކަމާގުޅިގެން ރައިސް ޔާމީންގެ ވަކީލުންގެ ޓީމުގައި އުޅުއްވާ އާދަމް އާސިފް ”ބޮންތި“ އަށް ވިދާޅުވީ މަރު ކޮމިޝަނުން ގާނޫނާ ހިލާފަށް އަމަލު ކުރަމުންދާ ގޮތުގެ ތަފްސީލް މީޑީއާތަކަށް ހިއްސާ ކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީން މިވަގުތު ހުންނެވީ މަރު ކޮމިޝަނުގެ އިދާރާގައެވެ. އެމަނިކުފާނު ކޮމިޝަނަށް ހާޒިރު ކުރީ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވައިލުމާ ގުޅިގެން ހިންގި ތަހުގީގަށް ހުރަސްއެޅުއްވި ކަމަށް ތުހުމަތުކޮށެވެ.

ނޫސްވެރިޔާ ރިޟްވާނުގެ މައްސަލަ މަރު ކޮމިޝަނުން އޮތީ ބަލައި ނިންމާފައެވެ. އެއީ އެކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ހުންނެވި ދުވަސްވަރުގައެވެ. އަދި ރިޟްވާނުގެ މަރުގެ ރިޕޯޓާ ގުޅިގެން އެ ކޮމިޝަނުން 1 ސެޕްޓެމްބަރު 2019 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވީ އޭނާގެ މަރާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، އެ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގަށް ޔާމީންގެ ނުފޫޒެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ގިނަ ކަންތައްތަކެއް ތުހުމަތު ކުރަމުންދިއުމާ ގުޅިގެން އެމަނިކުފާނުގެ ވަކީލުންގެ އިތުރުން އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ނުފޫޒު ދައުލަތުގެ މުއައްސަސާތަކަށް ފޯރުަމުންދާ ކަމަށް ބުނަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button