2023 ގައި ރައީސްކަމަށް ވާދަކުރައްވާނެކަމަށް ވިދާޅުވި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އަދި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އެމްޑީޕީ ކޮންގުރެސް ގައި ބައިވެރިވެއްޖެއެވެ.
ޖާބިރު އަކީ ޑީއާރުޕީގެ ރައީސެވެ. އޭނާ އަންނަނީ 2023 ގައި ވެރިކަމަށް ކުރިމަތި ލައްވާނެކަން އިއުލާން ކުރެއްވުމަށްފަހު ކެމްޕެއިން ކުރައްވަމުން ނެވެ.
ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަކީ މީގެ ކުރިން އެމްޑީޕީގައި އުޅުއްވުމައްފަހު އެޕާޓީން ވަކިވެ އަމިއްލަ ގޮތުން 2023ގައި ރިޔާސީ ޓިކެޓައް ވާދަކުރައްވާނެކަން އިއުލާން ކޮށްފައިވާ ބޭފުޅެކެވެ. އަލްހާން ވެސް އަންނަނީ 2023 ގެ ރިޔާސީ ކެމެޕެއިން ކުރަމުންނެވެ.
ތިޔައީފައްކާމަރުމޯލުން