ފޮނި ކެނޑި އެމްޑީޕީގެ މެޖޯރިޓީއިން ކުރެވުނު ކަމަކީ ލިވާތު ހުއްދަ ކުރުން ކަމުގައި ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރުގެ އުމުރު ހަމަވާން ދެން އޮތީ ވަރަށް ކުރު މުއްދަތެއް ކަމުގައެެވެ. ރައްޔިތުން އެމަނިކުފާނު ފަހަތުން ދުއްވައިގަންނަން ދެން މާގިނަ ދުވަހެެއް ނެތްކަން ޖާބިރު ފާހަގަކުރެއްވިއެވެ.
ޖާބިރު ވިދާޅުވިގޮތުގައި ރައްޔިތުން ދަރުވާލުމަށްފަހު ވެރިކަމުން ފައިބައިވަޑައިގަންނަވާ ބޭފުޅަކަށް ރައީސް ސޯލިހު ވުމަށް އެބޭފުޅާ ނޭދެއެވެ.
”ރައީސުލްޖުމްހޫރިއްޔާ މި ގައުމު 4 ބަޔަކަށް ބަހާލައިގެން ރައްޔިތުން ޔަތީމުކޮށް، ޣަރީބުކޮށްފި. ރައްޔިތުންނޭ ސަރުކާރު ފެއިލްވެއްޖެ، ނެޕޮޓިޒަމް ވަރަށް މައްޗަށް ގޮސްފިއޭ. އެމްޑީޕީއަށް މެޖޯރިޓީ ދީފީމޭ. އެމްޑީޕީއިން ފޮނިކަނޑަމުން ދަނީ މެޖޯރިޓީ އެބޯތޭ. މެޖޯރިޓީއިން ކޮންކަމެއްހޭ ވީ؟“ ޖާބިރު ވިދާޅުވިއެވެ.
އެމްޑީޕީއިން ރާއްޖެ ދަރުވާލައިފިކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ، އެޕާޓީގެ އެއްވެސް މެންބަރަކު މަގާމަކަށް ނުހޮވުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. އާންމުންނާއި ވިޔަފާރިވެރިންވެސް ދަރުވާލައިފިކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.
”ފޮރިން މިނިސްޓަރު ގައިގަ ކެވެލި އެޅިއެއްކަމަކު އެ ގަނެގެން ނޫންތޯ އެ އަޅަނީ. އެމްބަސީތަކަށް ލަނީވެސް ޝާހިދުގެ ތިމާގެ މީހުން. ދެން ލާފަ ހުރީ އޭނަގެ ގާލްފްރެންޑު ސްޓޭޓް މިނިސްޓަރު ލެވެލްގަ. މިހާ ލަދުހަޔާތް ކުޑަކޮށް 21 ވަނަ ގަރުނުގަ މިހެން ކަންކަން ވުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން.“ ޖާބިރު ވިދާޅުވިއެވެ.
ރައްޔިތުން ތިބީ މަސްކޮޅު ނުބޭނި ކަމާއި، އިންޖީނަށް ދަރާ ކަމާއި އަދި ބާނާ މަސްކޮޅަށް ރުފިޔާ ނުލިބޭއިރު، ސަރުކާރުގެ ގާތްތިމާގެ މީހުންގެ އައުލާދުންނަށް އެކި އެކި ނަންމުގައި ވަޒީފާ ދެމުން ގެންދާ މައްސަލައިގައި ޖާބިރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޖާބިރުއެށްކަމަކު ތިބުނީރަގަޅު ާހަކައެއް
އަޅުގަންޑުދައްނަވާނީ.ދިވެހިރާއްޖޭގެރަތްޔިތުއްދަރުވާލާނިކަމެތިކޮޢްލަ.އެމްޑީޕިއާގުޅިގެޢް(ފުޅާދާއިރާގަ.އެއްމެގަދަޔައްމަސައްކައްކޮއްދެއްވި(ދެބޭފުޅުއްނަކީ….ރައިސްމައުމޫނާއި(ބަލިމީހުނައްދީލަތިއެހީއަތްޕުޅުއް(ދެއްވާފަ(އޭގެއަނެޢްދުވަހުކަލަގޮވާ……ޒުވާންއަށްހެއްކުދިން…..ލޯބިވާ!މިލިޔަނަރުގާސިމުއިބުރާހީމެވެ……