ޚަބަރުސިޔާސީ

އެމްޑީޕީއަށް މަޖިލިސް ލިބުމުގެ އަސްލަކީ ރައީސް ނަޝީދު، މި މީހުންގެ ހަޔާތްކުޑަކަމާ ގޮތްކުޑަކަން ބައްލަވާ!

އެމްޑީޕީއަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއި އެ ގޮނޑިތަކަށް އެޕާޓީގެ ކެނޑިޑޭޓުން އިންތިހާބުވުމުގެ އަސްލަކީ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށާއި، ސިޔާސީގޮތުން އެމަނިކުފާނުގެ ކަރުގައި ހިފައި ގަންބާލަން އެ މެންބަރުން އުޅުއްވުމަކީ އެބޭފުޅުންގެ ހަޔާތްކުޑަކަމާ ގޮތްކުޑަކަން ހާމަވެގެންދާ ކަމެއް ކަމުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު އިމްތިޔާޒް ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް 2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ބޮމެއް ގޮއްވާލިއިރު ރައީސް ސޯލިހު ހުންނެވީ ހިނިފުޅު ވަޑުވަން ކަމުގައެވެ.

”އަނެއް ދުވަހު ރައީސްގެ (ރައީސް ނަޝީދު) އިތުބާރު ނެތްކަމުގަ ސޮއިކުރިއިރުގަ އަނެއްބެ ހިނިއައިސްފަ ހުރިވަރު. އެމްޑީޕީ މެންބަރުން މަޖިލީހަށް ވަޑައިގަތުމުގެ އަސްލަކީ ރައީސް ނަޝީދު. އިއްޒަތްތެރި ރައީސް ވާދަކުރެއްވި ދާްއިރާވެސް ދޫކޮށްލައްވާފަ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އެބޭފުޅުން ހޮއްވެވުމަށްޓަކައި ދަތުރުކުރައްވައި އެބޭފުޅުން މި މަޖިލީހަށް ވެއްދީމާ ހުރި ހަޔާތްކުޑަކަން ގޮތްކުޑަކަން ބައްލަވާ. އިއްޒަތްތެރި ރައީސް އަވަހާރަކޮށްލަން ބޮމެއް ގޮއްވާލަން ފުރުސަތު ދިން ސަރުކާރު.“ އިމްތިޔާޒް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަން ލިބުނީ އއ.އުކުޅަހުގައި ވެދުމަށް އެ ޓިކެޓު އެރުވުމުން ކަން ފާހަގަކުރައްވައި އިމްތިޔާޒް ވިދާޅުވީ ޖަމާއަތް ހަދައިގެން ރައީސް ނަޝީދުގެ ކަރުގައި ރައީސް ސޯލިހު ހިއްޕެވުމަށް ކުރައްވާ ކަންކަން ފެންނަމުންދާ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button