ޚަބަރުސިޔާސީ

އިގްތިސާދާއި ޖީޑީޕީއެއް ނޫން، ފުޅާވެގެން އުޅެނީ ރައީސް އިބްރާޙީމްގެ ދެ އަތް: ސައީދު

 

އިގްތިސާދާއި ޖީޑީޕީ ފުޅާވެގެންދާ ވާހަކަ ސަރުކާރުން ދެއްކިއެއް ކަމަކު ފުޅާވެގެން އުޅެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެ އަތްޕުޅު ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މުދަލާއި ހިދުމަތުގެ އަދު ބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރު ހުށަހަޅުއްވާފައިވާ ގަރާރަށް މިއަދުގެ މަޖިލިސް ޖަލްސާގައި ބަހުސް ކުރައްވަމުން މެންބަރު ސައީދު ވިދާޅުވީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު ތަޅުއަޅުވައި ގިނަ އަދަދަކަށް ސަރުކާރުން ފައިސާ ޗާޕުކޮށްފައިވާ މައްސަލައަކީ އިންފްލޭޝަން މައްޗަށް ދިއުމުގެ ފެށުން ކަމުގައެވެ.

”ބޭނުންވަރަކަށް ހަރަދު ކުރާނަމޭ. އިންތިހާބެއް ކައިރިވެއްޖެއްޔާ އަދި މާބޮޑަށް ހަރަދު ކުރާނަމޭ. އެކަމަކު ޒިންމާއެއް ނުވާނަމޭ. ފެނަކަ5 ބިލިއަނުން ދަރާފަ. ފެނަކައިން މީހުނަށް ދޭންޖެހޭ ފައިސާ ނުދީގެން ފިނޭންސް ދޮރުމަތީ މީހުން ރޮނީ.“ ސައީދު ވިދާޅުވިއެވެ.

ސައީދު ހާމަކުރެއްވިގޮތުގައި ރަށްތަކެއް ވިއްކައިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައެއް މެންބަރުންނަށް ދެލައްކަ ޑޮލަރު ލިބިފައިވެއެވެ. އަދި ރައީސް ސޯލިހު އުޅުއްވަނީ ހަތަރެސްފައިގައި މުއައްސަސާތައް ބަނދެގެން ކަން ސައީދު ފާހަގަކުރެއްވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button