ޚަބަރުސިޔާސީ

ނަޝީދު ބަނގުރާ ބުއިން ހުއްޓާލައިފި

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްދު ނަޝީދު ބަނގުރާ ބުއިން ހުއްޓާލިކަމަށް އިނގިރޭސިވިލާތުގެ ހޮސްޕިޓަލަކުން އެމަނިކުފާނަށް ދޫކުރި ލިޔުމަކުން ހާމަ ވެއްޖެއެވެ.

ލަންޑަންގެ ހޮސްޕިޓަލުން ދޫކޮށްފައިވާ އެ ލިޔުމަކީ 6 މެއި ގައި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ޕޮސްޓް ޓްރޮމެތިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ) ހުރިތޯ ބެލުމަށް ހެދި އިވެލުއޭޝަނަށް ފަހު ތައްޔާރު ކޮށްފައިވާ ލިޔުމެކެވެ.

އެ ލިޔުމުގައި ވާގޮތުން ޑިޕްރެޝަނާއި އެންޒައިޓީ އަދި ކުރީގެ ހަނދާންތައް ކުއްލިއަށް އައުމާއި ބިރުވެރި ހުވަފެން ފެނުން ފަދަ މައްސަލައެއް ނަޝީދުގެ ކިބައިން ފެންނަން ނެތްކަމަށެވެ.

މަނިކުފާނު އަމިއްލަފުޅަށް ބަނގުރާ ބުއިން ހުއްޓާލާފައިވާތީ މިހާރު އަވާރަފުޅު ލެއްޕެވުމަށް ފަސޭހަފުޅުކަން ފާހަގަ ކުރެވޭ، ލިޔުމުގައު ބުނެފައި ވެއެވެ.

ނަޝީދު ބަނގުރާ ބުއިން ހުއްޓާލިކަމަށް ބުނެފައިވާއިރު މީގެ ކުރިން ބަނގުރާ ބުެި ކަމުގެ ބޮޑެތި ތުހުމަތުތަކެއް އެމަނިކުފާނަށް ވަނީ ވަނީ އަމާޒު ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button