ޚަބަރުސިޔާސީ

އިންސާފުވެރި އިސްތިއުނާފަކުން ރައީސް ޔާމީން އެނބުރި ވެރިކަމަށް އަންނާނެ: ޣައްސާން

އިންސާފުވެރި އިސްތިއުނާފަކުން ޖަލު ބަންދެއްގައި ހުންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެނބުރި ވެރިކަމަށް އަންނާނެ ކަމަށް ތ.ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައުސޫމުކަން ސާބިތުވާނެ ކަމަށެވެ.

”ޕީޕީއެމްގެ ގަދަ މަސައްކަތުން ރައްޔިތުންގެ ލޯތްބާއެކު ކީރިތި ﷲ ގެ އިރާދަފުޅުން ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމުކަން ސާބިތުވެގެން.“ ޣައްސާން ވިދާޅުވިއެވެ.

ޣައްސާން މިފަދަ ޓުވީޓެއް ކުރައްވާފައި މިވަނީ ރައީސް ޔާމީނަށް 2023ގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލެވިގެން ނުވާނެކަމަށް އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. މައުމޫން ގަބޫލުކުރައްވާގޮތުގައި ރައީސް ޔާމީނަށް ވަނީ މަނީ ލޯންޑަރިންގެ ގެ ކުށް ސާބިތުވެފައެވެ. އެކަމަކު ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވާގޮތުގައި ރައީސް ޔާމީންގެ މައްޗަށް ކުރެވުނު ޝަރީއަތަކީ އިންސާފުން ބޭރުން ކުރެވުނު ޝަރީއަތެކެވެ.

ފަނޑިޔާރު އަލީ ރަޝީދު ޔާމީން ޖަލަށް ލާން ހުކުމް ކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ބަދަލު ކޮށްފައެެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button