ޚަބަރުސިޔާސީ

7 ފެބުރުއަރީގައި ނިކުތީ ނަޝީދުގެ ވެރިކަން ކިލަނބު ކުރާކަށް ނޫން: ނާޒިމް

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު މަގުމައްޗަށް ނިކުތީ އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިން ކިލަނބުކޮށް ވައްޓާލުމުގެ ނިޔަތުގައި ނޫން ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ އެދުވަހު ވެރިކަން ވައްޓާލުމަށް އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައި ނުވާނެ ކަމަށާއި، އޭނާއާއި ގުޅޭ ގޮތުން ދެކެވޭ އެފަދަ ވާހަކަ ތަކަކީ އެއްވެސް އަސްލެއްނެތް ވާހަކަ ތަކެއް ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވި ދުވަހު ސިފައިންގެ ތެރެއިން ރައީސް ނަޝީދުއާއި ބައްދަލުކޮށްފައި ނުވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button