ޚަބަރު

އޮގަސްޓް މަހުގެ ނިޔަލަށް %90 މީހުންނަށް ވެކްސިން ޖަހަނީ

ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކޯވިޑް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގުރާމެއް އަންނަ ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވިގޮތުގައި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ދިރި އުޅޭ ވެކްސިން ޖަހާ އުމުރުގެ އާބާދީގެ %90 މީހުންނަށް އޯގަސްޓް މަހުގެ ނިޔަލަށް ވެކްސިން ޖަހާ ނިންމުމެވެ.

”ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ ވެކްސިން ޖަހާ އުމުރުގެ %90 އިންސައްތަ މީހުންނަށް މި ފެށޭ އޮގަސްޓް މަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމުުން. އަދި މި ޕްރޮގުރާމުގެ ތެރެއިން ރާއްޖޭގައި އުޅޭ އެންމެންނަށް ވެކްސިން ޖަހައި ނިންމުން. މިއީ ދުނިޔޭގެ މަދު ގައުމަކަށް ނޫނީ މިވަގުތު ލިބިފައި ނެތް ވަރަށް މަތިވެރި ނަސީބެއް.“ ރައީސް ވިދާޅު ވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މިހާރު ވެކްސިން ނުޖަހާ ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަ ކުރެވޭވަރަށް ވެކްސިން ލިބިފައި ވާކަމަށެވެ. އެހެން ކަމުން މި ފުރުސަތުގެ ބޭނުންހިފައި ވެކްސިން ފުރިހަމަ ކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button