ޚަބަރު

ނުރައްކާތެރި ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭ މީހުން މޮނިޓަރ ކުރުމުގައި ދޫކޮށްލެވިފައި އެބަހުރި: ސީޕީ ހަމީދު

ނުރައްކާތެރި ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭ މީހުން މޮނިޓަރ ކުރުމުގެ މައްސަލަ އުޅޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6 ވަނަ ދުވަހު ދެވުނު ބޮމުގެ ހަމަލާގެ އެންމެ ފަހުގެ މައުލޫމާތު ހާމަ ކުރުމުގެ ގޮތުން ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

”މިފަދަ ފަރާތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގަ ގެޕްސް ތަކެއް އެބަހުރި މުޅި ދިވެހި ދައުލަތުގެ ތެރޭގައި. އެއީ ހަމައެކަނި ކޮންމެހެން ފުލުހުންގެ މަސައްކަތުގެ ތެރެއަކުންނެއް ނޫން. އެހެނިހެން އިންތިޒާމުތަކުގެ ތެރޭގައިވެސް އެބަހުރި.“ ސީޕީ ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވިގޮތުގައި ދައުލަތުގެ ތެރޭގައި ދޫކޮށްލެވިފައިހުރި ކަންތައްތަކުގެ ތެރެއިން ފުރުސަތު ހޯދައިގެން އެފަދަ މީހުން ސަލާމަތްވެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެފަދަ ”ގެޕްސް“ ތައް މަދު ކުރުމުގައި އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި ކަންކަން ހަރުދަނާ ކުރަން ޖެހެއެވެ.

”ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ މީހުން ފާޅުކަން ބޮޑު ގޮތެއްގައި މިނިވަންކަމާއެކު އެބައުޅޭ.“ ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ”ގެޕްސް“ ”ފިލް“ ކުރުމުގައި ކުރިޔަށް އޮތް ތަނުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button