ޚަބަރު

މާޓީ މެޔަށް ތަދު އަރައިގެން މެންބަރު ފިރުޝާން ސީޕީ ހަމީދަށް ގުޅުމުން ފޯނެއް ނުނެގި: އާއިލާ

މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ގދ.ހޯނޑެއްދޫ އަބްދުﷲ ރަޝީދު (މާޓީ)، 43 ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފަރުވާއަށް އާދޭސް ކުރުމުންވެސް އަޅާނުލާ އޭނާ މަރުވާން ގަސްތުގައި ދޫކޮށްލި ވަގުތު އެ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ގުޅުމުން ފޯނު ނުނަގާކަމަށް އާއިލާއިން ބުނެފިއެވެ.

”ބޮންތި“ އަށް މައުލޫމާތު ދެމުން މާޓީގެ ބޮޑުބޭބެ ބުނީ ސީޕީ ހަމީދު ބައްދަލު ކުރި ކަމަށާއި، މަޑަވެލި ދާއިރާގެ މެންބަރު ފިރުޝާން މާޓީ ޑޮކްޓަރަކަށް ދައްކައި ދިނުމަށް އެދި ހަމީދަށް ގުޅުމުން ފޯނު ނުނަގާކަން ހަމީދު އަމިއްލައަށް އިއުތިރާފް ވި ކަމުގައެވެ.

”އަޅުގަނޑުމެން ގެންގޮސް ވަރަށް ވާހަކަ ދެއްކި. ބުނީ އޮޓޮޕްސީ ހަދަން ރުހޭށޭ. އޭރުން ފުލުހުންނާމެދު އާންމުންގެ މެދުގައި އޮންނަ އިތުބާރުވެސް ދެމެހެއްޓޭނެއޭ.“ އޭނާ ބުންޏެވެ.

މާޓީގެ ބޮޑުބޭބެ ބުނީ ފުލުހުންނާއި މެދު އާންމުންގެ އިތުބާރު ގެއްލުނުތާ އެތަކެއް ދުވަހެއް ވެއްޖެކަން ހަމީދަށް ދެންނެވި ކަމަށާއި ދެންވެސް އާންމުންގެ ލޯބި ލިބޭނީ މާޓީގެ މަންމައާއި އާއިލާ އެދޭގޮތަށް ހަށިގަނޑު އާއިލާ އާއި ހަވާލު ކުރުމުން ކަމުގައެވެ.
މާޓީގެ ތަހުގީގު ކުރިޔަށް ގެންދަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ކަމަށްވާއިރު، އެ ކޮމިޝަނުން ވަނީ އޭނާގެ އޮޓޮޕްސީ ހެދުމަށް ނިންމާފައެވެ. އޭނާގެ ހަށިގަނޑު މިވަގުތު އޮތީ މޯޗަރީގައެވެ. އަދި މާޓީގެ ހަށިގަނޑު ހޯދުމަށް އާއިލާއިން ވަނީ ސިވިލް ކޯޓާށް މައްސަލައެއްވެސް ހުށަހަޅާފައެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު 14:00 ގައި ކުރިޔަށް ދިޔައެވެ.

މާޓީގެ އޮޓޮޕްސީ ހެދުމުގެ ގާނޫނީ ބާރު ފުލުހުންނަށް އޮންނައިރު، އެންއައިސީއިން ނިންމި ނިންމުމަކީ ގާނޫނާ ހިލާފް ނިންމުމެއް ކަމުގައި ކުރީގެ އޭސީޕީ އަބްދުﷲ ފައިރޫޝް ވެސް ވަނީ ވިދާޅުވެފައެވެ.

މާޓީގެ މަރުގެ މައްސަލައިގެ ތަހުގީގު އިންސާފުވެރިކަމާއެކު ގެންދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އަންގަވާފައެވެ.

2 Comments

  1. ބަލަ(ތިޔަބޭފުޅުއްއަދިވެސްސޭކުއިމުރާނުއަސާއި(ދެބޯބުރާންތިވެފަހުރުރިރައިސްސޯލިއަށްއިތުބާރުނުކުރަތްވާތިހަމަގާމުވެސްބުއްދިސަލާމަތުއްހުރިދިވެހިރަތްޔިތަކު.މިދެބޭފުޅުއްދައްކާވާހަކައެއްއަޑެއްނާހާނެ(އެއީސަބަބެއްނެތީމަކާނޫން‘!އަޅުގަންޑު(މިބުނަނީޔަގީންކަމާއެކުމިދެބޭފުޅުއްގެއަމަލުތައްހުއްނަގޮތުއްސިފަކުރަނީމުނާފިގުއްކަމަށް(އެއީމދެބޭފުޅުއްގާގައެހުރިހާސިފައެއްއެބަހުރި

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button