
ޖަމާއަތް ހަދައިގެން ކުށް ކުރާ ގްރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ، މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން، އެ ގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެފަައިވާ ކަމުގައެވެ. އަދި އެ ސްޓޭޝަނުގެ ކޮންސްޓަބަލް ފުލުހަކަށް މަރުގެ އިންޒާރު ދީފަވާތީ އޭނާވެސް ހައްޔަރުކުރެވިފައިވާ ކަން ސީޕީ ފާހަގަކުރެއްވިއެވެ.
އޭގެފަހުން އެސްޓޭޝަން ދޮށަށް އެއްވި އެގްރޫޕުގެ މީހުނާމެދުވެސް ފިޔަވަޅު އެޅޭނެ. ޖަމާއަތް ހަދައި، ކުށްކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފް އަމަލްތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން!
— Mohamed Hameed (@M_Hameedh) September 18, 2022
އޭގެފަހުން އެސްޓޭޝަން ދޮށަށް އެއްވި އެގްރޫޕުގެ މީހުނާމެދުވެސް ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރު ސީޕީ ހަމީދު ދެއްވިއެވެ.
”ޖަމާއަތް ހަދައި، ކުށްކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފް އަމަލްތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން.“ ސީޕީ ވިދާޅުވިއެވެ.
ދާދި ފަހުން ހެންވޭރަށް ނިސްބަތްވާ ގްރޫޕަކުން ފުލުހުންތަކަކަށް ހަމަލާ ދީފައިވެއެވެ. އަދި އެ މައްސަލައާ ގުޅިގެން 10 މީހުން ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
ހިތާމަޔާއެކު ދަންނަވަންޖެހެނީ ދިވެހި ފުލުހުންގެ ތެރޭގައި ބޮޑެތި މައްސަލަތަކެެއް އެބަހުއްޓޭ. ގޭންގުތަކާ ގުޅިގެން ފުލުހުން އޮގަނައިޒް ކުށްތައް ކުރާ ވާހަކައަކީ އާންމު ވާހަކައެއް. ގޭންގާ ފުލުހުންނާ މައްސަލަ ޖެހި އެމައްސަލަ ފުލުހުން ޔުނީފޯމްގެ ހިމާޔަތުގައި ތިބެ ވިކްޓިމް ކާޑު ކުޅުނީމަ ކަމަކުނުދާނެ. މިއަދު ދިމާވެގެން އުޅޭ މައްސަލައަކީ ގޭންގަކުން އުފެއްދި މައްސަލައަކަށްވުރެ ބޮޑަށް ފުލުހުންގެ ބައިވެރިވުން އޮވެގެން ހިންގޭ ޖަރީމާތަކެއްގެ ނަތީޖާކަމަށް ގިނަ ބަޔަކު ދެކޭ. އެއްވެސް ހާލެއްގައި ގޭންގު ދިފާއުކުރަނީކީ ނޫން. ނަމަވެސް މިވަގުތު ސީޕީ ގަދަބަސް ބުނުމުގެ ބަދަލުގައި ކަންކަން އިސްލާހުކުރުން މާރަނގަޅު. ފުލުހުން އޮގަނައިޒް ކުށްތަކުގައި ބައިވެރިވުން ހުއްޓުވާ ތަހުޤީޤު ކައްޗާ ދުއްވުން ހުއްޓުވާ ގޭންގުތަކާ ޑީލްހަދައިގެން އުޅުން ހުއްޓުވީމަ ގޭންގަކާ މައްސަލައެއްވެސް ނުޖެހޭނެ. ހަޤީޤަތަކީ މިއަދު ނޫކުލައިގެ ޔުނީފޯމަށް އޮތް އިތުބާރާއި ޔަޤީންކަން ގެއްލި އެއީވެސް އޮގަނައިޒް ކުށް ކުރާ ގޭންގެއްގެ ގޮތުގައި ސިފަވެފައި ވުން. މިކަން ރަނގަޅު ކުރެވޭނީ މައްސަލަ އުޅޭކަމަށް އިއުތިރާފްވެ ގަދަބަސް ބުނުން ހުއްޓާލާ ކަރަޕްޓް ފުލުހުން ވަޒީފާއިން ވަކިކޮށްގެން . މުޅި މުއައްސަސާ އޯވަރ ހޯލްކޮށްގެން. ދިވެހި ފުލުހުންގެ ޚިދުމަތް ރަނގަލުވާން އަޅުގަނޑުވެސް އެދެން.