ތިން ފުލުހަކަށް ހަމަލާދިން މައްސަލައިގައި އިތުރު ފަސް މީހަކު ހައްޔަރު ކޮށްފި

ތިން ފުލުހަކަށް ހަމަލާދިން މައްސަލައިގައި އިތުރު ފަސް މީހަކު ހައްޔަރު ކޮށްފިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު މިފަދައިން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓްއެއްގައެވެ.
”އެ ފަސް މީހުން ވެސް އުޅުނީ ފިލައިގެން. މިހާރުވެސް އިތުރައް ބަލަންޖޭ ކަންކަން ބަލަމުން މިދަނީ.“ ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވިގޮތުގައި ގޭންގުތައް ހިންގަމުންދާ ކުށްތަށް ހުއްޓުވުމުގައި ފުލުހުން ފަހަތަށް ނުޖެހޭނެ އެވެ.
Tonight we have arrested 5 more suspects who assaulted 3 @PoliceMv Drug Enforcement officers whilst they were off duty last Friday. Our teams found them hiding. We will continue cracking down on organised crime groups. Assaults on officers of the law will be dealt forcefully.
— Mohamed Hameed (@M_Hameedh) September 14, 2022
މި ފަސް މީހުންގެ ވަނަވަރެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
“ބޮންތި” ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންނަށް ފުރަތަމަ ހަމަލާދީފައި ވަނީ ހީނާ ގޯޅިންނެވެ. ފުލުހުންނަށް ހަމަލާދިނުމުގައި ބައިވެރިވި މީހުން ހީނާ ގޯޅިން ހަމަލާދެމުން ގޮސް ރަތްވިލާމަގުން ފެށިގެން ޖަނަވަރީ މަގާހަމައަށް އެތިން ފުލުންނަށް ފަތިބުރިންނާއި، ގަލުން އަދި ތޫނު އެއްޗިހިން ހަމަލާ ދީފައިވެއެވެ.
މިދިޔަ ހުކުރު ދުވަހު ހެނދުނު 11:50 ހާއިރު މަޖީދީ މަގުގައި ހުންނަ ޔޫރޯ ސްޓޯރު ކައިރިން ހަމަލާގައި ބައިވެރިވި ބައެއް މީހުން ވަނީ ހައްޔަރު ކޮށްފައެވެ.