ޚަބަރުސިޔާސީ

ރައީސް މައުމޫންގެ ޒަމާނަށް ނޫސްވެރިކަން ބަދަލުކުރަން އުޅުމަކީ ދެރަވަރު ކަމެއް: ވައްޑެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ނޫސްވެރިކަން އޮތް ހާލަތަށް ނޫސްވެރިކަން ބަދަލުކުރުމަށް ބައެއް ބޭފުޅުން އުޅުއްވާ ކަމަށް ސިފަކޮށް، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ފާޑުވިދާޅުވެއްޖެއެވެ. މެންބަރު ވައްޑެ މިބީދައިން ވިދާޅުވެފައިވަނީ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ނޫސްވެރިކަން އޮތް ހާލަތު ސިފަކުރައްވަމުން، ވައްޑޭ ވިދާޅުވީ އެއިރު ނޫސްވެރިކަމަކީ، ސަރުކާރުގެ އިއުލާނާއި އިޝްތިހާރު ގޮތުގައި ފައިސާ ދީގެން ސަރުކާރު ޕްރޮޕަގަންޑާ ފަތުރަން ވަޒީރުން ލައްވާ ހިންގުވާ ކަމެއްގެ ގޮތުގައެވެ. އަދި މިހާރު އެމަގަށް ނޫސްވެރިކަން ބަދަލުކުރަން ބައެއް ބޭފުޅުން އުޅުއްވާތަން ފެންނަކަމީ ދެރަވަރު ކަމެއް ކަމަށް ވައްޑެ ސިފަކުރެއްވިއެވެ.

ސަރުކާރުގެ ފަރާތުން އަދި ސިޔާސީ ނުފޫޒުގަދަ ވެރިންގެ ފަރާތުން ނޫސްވެރިކަމަށް އަންނަ ހުރަސްތަކަކީ އަބަދުވެސް ކުރިމަތިވަމުން އަންނަ ހުރަސްތަކެކެވެ. ހާއްސަގޮތެއްގައި ސަރުކާރުގެ އެކިއެކި މައްސަލަތަކާއި ގުޅޭގޮތުން ވާހަކަދައްކާ ނޫސްވެރިންނަށް ކޮންމެ ސަރުކާރަކުންވެސް އެކި ގޮތްގޮތުން ދަތިކުރަމުން ދާކަމީ ހިތާމަވެރި ހަގީގަތެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button