
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، މޫސާ މަނިކު (ރީކޯ މޫސަ) އަކީ މުނާފިގެއް ކަމަށް ސިފަކޮށް، ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް، މޫސައަށް ރައްދު ދެއްވައިފިއެވެ. ވަހީދު މިބީދައިން ވާހަކަދައްކަވާފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަގާވާތަކުން ވައްޓާލުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މޫސަ ތުހުމަތުގެ އިނގިލި ދިއްކުރުމުންނެވެ.
Ladheh hayaatheh nethi hashi faaraveriakah hedhigen,ungah vetti,Munaafiquvias thee boduvaru. @ibusolih raeeskamah inthikhaabuviya nudhinumah @ReekoMoosa,amalaa bahun masakkaiykurevvi iru,@ibusolih Raees kamuge maqaamah genaumuge boduhissaa akee @MohamedNasheed dheththo. Hageegaiy https://t.co/pGu2CcH2te
— Mohamed Waheed Ibrahim (@Lawyer_Waddey) July 17, 2021
ވަހީދު އިތުރަށް ވިދާޅުވިގޮތުގައި މޫސަ ވަނީ ރައީސް ސޯލިހު ވެރިކަމަށް އަޔަ ނުދިނުމަށްޓަކާ އަމަލާ ބަހުން މަސައްކަތް ކުރައްވާފައެވެ. އަދި ރައީސް ސޯލިހު ވެރިކަމަށް ގެނައުމުގެ ބޮޑު ހިއްސާދާރަކީ ރައީސް ނަޝީދު ކަމަށް ބުނެ، ވަހީދު ވަނީ ރައީސް ނަޝީދު ދިފާއު ކުރައްވާފައެވެ.
ވަހީދުގެ މިވާހަކަތަކަށް ރައްދުދެއްވަމުން، މޫސަ ވިދާޅުވީ ނަޝީދުގެ ވެރިކަން ބަދަލު ކުރުމަށް 7 ފެބުރުއަރީ 2012 ގައި ވައްޑެ ބަގާވާތް ކުރިކަމަށެވެ. އަދި މިހާރު އެމްޑީޕީ ބައިބައި ކުރުމަށް ވައްޑެ ކުރައްވާ މަސައްކަތަށް ޖާގަ ނުދެއްވާނެ ކަމަށެވެ.