ޚަބަރު

13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓްވަނީ ލިބިފައި: ފުލުހުން

ރަހީނުކޮށްގެން ގެންގޮސް، މަރާލާފައި އޮއްވާ ހުޅުމާލެ ފޭސް 2 އިން ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ ޕޯސްޓްމޯޓަމް ޕްރިލިމިނަރީ ރިޕޯޓް ލިބިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މީޑީއާއަށް މައުލޫމާތު ދެމުން ބުނިގޮތުގައި ފުލުހުން މިހާރު ދަނީ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މައްސަލައިގެ ތަހުގީގު ނިންމާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް މަސައްކަތް ކުރަމުންނެވެ. އަދި ތަހުގީގު ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ރަހީނުކުރުމަށްފަހު މަރާލާފައި އޮތް ކުއްޖާ ހުޅުމާލޭ ފޭސް 2 ގެ މޫދުން ފެނިފައިވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. އެކުއްޖާ ފެނުނުއިރު އޮތީ ފޮށްޓަކަށް ލުމަށްފަހު މޫދަށް އެއްލާލާފައެވެ. އެކުއްޖާ ފެނުމުގެ ދެދުވަސް ކުރިން ޖޫން 20 ވަނަ ދުވަހު، އެކުއްޖާ ރަހީނުކުރިކަމުގެ މައްސަލައެއް ފުލުހަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. މިމައްސަލައާއި ގުޅިގެން މިހާތަނަށް ވަނީ ދެމީހަކު ހައްޔަރު ކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button