ޚަބަރު

”ބޮންތި“ ނޫހަށް ނުވަދެވޭ ގޮތަށް ސަރުކާރުގެ ގިނަ އިދާރާތަކުން ބްލޮކް ކޮށްފި

”ބޮންތި“ ނޫހުގެ ވެބްސައިޓަށް ނުވަދެވޭ ގޮތަށް ސަރުކާރުގެ ގިނަ އިދާރާތަކުން ބްލޮކް ކޮށްފައިވާކަން ފާހަގަކުރެވިއްޖެއެވެ.

މިގޮތުން، އައިޖީއެމްއެޗްގެ ސްޓާފް ވައިފައި ބޭނުންކޮށްގެން ”ބޮންތި“ ނޫހުގެ ވެބްސައިޓަށް ނުވަދެވޭކަން އެ ހޮސްޕިޓަލުގެ ސްޓާފެއް ނަންހާމަ ނުކުރުމަށް އެދި ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން، ރަސްމީ އެހެނިހެން އިދާރާތަކުންވެސް ”ބޮންތި“ ނޫސް ބްލޮކް ކޮށްފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް އެހެން ނޫސްތަކަށް ސަރުކާރުގެ ސިސްޓަމްތަކުން ވަދެވޭކަންވެސް ފާހަގަކުރެވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕެއިންގައި އެންމެ ހަރުއަޑުން ވިދާޅުވެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަން ހޯއްދަވައި ދެއްވާނެ ކަމަށާއި، ހިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ހޯއްދަވައި ދެއްވާނެ ކަމުގެ ވާހަކައެވެ.

ސަރުކާރާ ޚިޔާލު ތަފާތުވެވިދާނެ. އަޅުގަނޑާ ނުރުހި، އިދިކޮޅުވެސް ވެވިދާނެ. އެހެން ނަމަވެސް، އެއްވެސް މީހަކަށް، ގައުމަކާ ދެކޮޅެއް ނުވެވޭނެ. ނެތް ކަމެއް އޮތް ކަމަކަށް، އަދި އޮތް ކަމެއް ނެތް ކަމަކަށް، ހަދައިގެންވެސް ނުވާނެ.“ ރައީސް ސޯލިހު މީގެ ކުރިން ވިދާޅުވެފައިވެއެވެ. 

ެއެމަނިކުފާނު މިފދައިން ވިދާޅުވެފައިވާއިރު، ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް އެ އިދާރާއެއްގެ އިންޓަނެޓް ކަނެކްޝަން ބޭނުންކޮށްގެން ވަކި ނޫސްތަކަށް ވަދެވުމަކީ ހަމަހަމަކަންތޯ އައިޖީއެމްއެޗުން މައުލޫމާތު ދިން މީހާ ސުވާލު ކުރިއެވެ. އަދި މިއީ ދެފުއްދެގޮތްވުން ކަމުގައި ގިނަ ބަޔަކު ގަބޫލް ކުރާނެކަމަށް އޭނާ ބުންޏެވެ. 

3 Comments

    1. ކޮންމެހެން އެމްޑީޕީ މީހުން ހިތްހަމަ ޖެހޭގޮތަށް ނޫސް ނެރޭކަށްވެސް ނުޖެހޭ. މިކުޅިވަރު ފެއްޓިބަޔަކީ އެމްޑީޕީގެ ރާޓީވީ. އެހެންވީމަ ހަޖަމްކުރަންވާނެ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button