ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އާމްދަނީ ހޯއްދަވަން އެނގިވަޑައިގަންނަވާ ހަމައެކަނި ގޮތަކީ ރައްޔިތުން ޖޫރިމަނާ ކޮށްގެން ކަމުގައި ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދް ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޖަމީލް ވިދާޅުވިގޮތުގައި އާމްދަނީ ހޯދަން މިނޫން އެހެން ގޮތްތައް ރައީސް ސޯލިހު ދަސްކުރައްވަން ވާނެއެވެ.
ރައްޔިތުން ޖޫރިމަނާކޮށްގެން ނޫން ގޮތަކުން އާމްދަނީ ހޯދަން ރައީސް @ibusolih ދަސްކުރަންވެއްޖެ. ސްޓިކާޖަހައި، ލައިސެންސް ބާތިލްކުރަން ހިފާއިރު ޕާކިން އާއި ޕަބްލިކް ޓްރާންސްޕޯޓް ކޮބާތޯ؟ ރައްޔިތުންގެ ނުރުހުމުގެ އަޑު ރައީސަށް އިއްވުން އަދިވެސް އިތުރުކުރަންވީ.
— Mohamed Jameel Ahmed (@MJameelAhmed) July 17, 2021
ސްޓިކާޖަހައި، ލައިސެންސް ބާތިލްކުރަމުންދާއިރު، ޕާކިން އާއި ޕަބްލިކް ޓްރާންސްޕޯޓް ކޮބާތޯ ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.
ޖަމީލް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ނުރުހުމުގެ އަޑު ރައީސް ސޯލިހަށް އިއްވުން ގަދަ ކުރަން ވެއްޖެކަމުގައެވެ.