ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ހިތުހުރިގޮތަކަށް ބޭނުންކޮށް، ރައްޔިތުންނަށް އަނިޔާވެރިވަމުން އަންނަކަމަށް ވިދާޅުވެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ބޭނުންކުރަމުން އަންނަ ގޮތާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤަބޫލްކުރަން ދަތިމިވަނީ މި ޤައުމުގައި ޤާނޫނުގެ ޙުކުމް އޮތް ގޮތް ކަމަށެވެ. އަދި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ހިތުހުރި ގޮތަކަށް ބޭނުންކޮށް، އަނިޔާވެރި ދަޢުވާތަކުން ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ ޙައްޤު މަރާލަނީތޯ ޑރ. ޖަމީލް ވަނީ ސުވާލު އުފައްދަވާފަ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ބޭނުންކޮށް، ރައްޔިތުންނަށް އަނިޔާވެރިވަމުން އަންނަ ޤައުމުތަކުގެ ތެރެއިން ރަޝިޔާގެ މިޝާލު ނަންގަވައި ޑރ. ޖަމީލް ވަނީ އެފަދަ 650 ވުރެ ގިނަ ދަޢުވާ އެ ޤައުމުގެ ރައްޔިތުންގެ މައްޗަށް އުފުލާފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި ދިވެހިރާއްޖެ، ރަޝިޔާއާ ވާދަކުރަނީތޯ ޑރ. ޖަމީލް ވަނީ ސުވާލުކުރައްވާފަ އެވެ.
ޤަބޫލްކުރަން ދަތިމިވަނީ މި ޤައުމުގައި ޤާނޫނުގެ ޙުކުމް އޮތް ގޮތް. ޓެރަރިޒަމްގެ ޤާނޫނު ހިތުހުރި ގޮތަކަށް ބޭނުންކޮށް، އަނިޔާވެރި ދަޢުވާތަކުން ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ ޙައްޤު މަރާލަނީ؟ މިފަދަ 650 ވުރެ ގިނަ ދަޢުވާކޮށްފައިވާ ރަޝިޔާއާ ވާދަކުރަނީބާ؟ pic.twitter.com/iOq2KVko2b
— Mohamed Jameel Ahmed (@MJameelAhmed) October 4, 2022
ޓެރަރިޒަމްގެ ޤާނޫނު ބޭނުންކުރަމުން އަންނަގޮތާއިމެދު ޑރ. ޖަމީލް ކަންބޮޑުވުން ފާޅުކުރެއްވިއިރު، ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އިން ވަނީ މި އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ބައިނަލްއަޤުވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގި މައްސަލާގައި ދީނީ އިލްމްވެރިންތަކަކާއި، ބައެއް ސިޔާސީ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެގޮތުން ޝައިޚް ފަޟްލޫން މުޙައްމަދާއި ޝައިޚް އާދަމް ނިޝާނުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއް ހިންގުމަށް ހިތްވަރުދިނުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފަ އެވެ.
ލިވާތީންނަށް ލުއި އަދަބު، ޝިރްކު ހުއްޓުވުމުން ޓެރަރިޒަމްގެ ދަޢުވާ