ޚަބަރު

ޖޫރިމަނާ ނުދެއްކިޔަސް ލައިސެންސް ދޫކުރާނެ

ލައިސަންސް ނުނަގައި ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ލައިސަންސް ނެގޭނެ ކަމަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އާ ގަވާއިދުގައި ބުނެފި އެވެ.

ގަވާއިދުގައި ކުރިން އޮންނަ ގޮތުން ޖޫރިމަނާ ފައިސާ ދައްކައި ހަލާސް ކޮށްގެން ނޫން ގޮތަކަށް އެ މީހުންނަށް ލައިސަންސް ނުނެގޭނެ އެވެ. އެކަމާ ގުޅިގެން ޝަކުވާތައް އިތުރުވެފައިވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހު އަމަލުކުރަން ފެށި ގަވާއިދުގައިވާ ގޮތުން، ލައިސަންސް ނުނަގައި ދުއްވުމުން ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދެއްކިޔަސް އަލަށް ލައިސަންސް ނެގޭނެ އެވެ.

ކުރީގެ ގަވައިދުގެ ބައެއް ބައިތައް އުނިކުރުމަށް ފަހު، އަލުން ނެރުނު ގަވައިދުގައި ލައިސަންސް ހޯދަން އިމްތިހާނުގައި ބައިވެރިވެވޭނީ ޖޫރިމަނާ ދެއްކުމަށް ފަހުގައި ކަަމަށް އޮންނަ ބައި ވަނީ އުނިކޮށްފައެވެ.

އާ ގަވައިދުގައި ވަނީ ލައިސަންސްގެ ކެޓަގަރީތައް އިތުރުކުރުމަށް ވެސް ލުއިތަކެއް ދީފައެވެ. އެގޮތުން ބީ2 ކެޓަގަރީގެ ޕްރެކްޓިކަލް ޓެސްޓުން ފާސްވުމާއެކު، ބީ1، ބީ2، ބީ3 އަދި ބީ4ގެ އުޅަނދުތައް ދުއްވުމުގެ ލައިސަންސް އިތުރު ޓެސްޓެއ ނުހަދާ ލިބިގެންދާނެއެވެ.

އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ އާ ގަވައިދަށް، މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ވަނީ އަމަލު ކުރަން ފަށާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button