ޚަބަރުސިޔާސީ

ރައީސް ސޯލިހް ބަހްރައިން އަށް ވަޑައިގަންނަވަނީ

ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާގެ ދައުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ ޤައުމަށް ވަޑައިގެންނެވުމަށް ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، އެ ދަތުރުފުޅުގައި ރައީސް ސޯލިހް ބަހްރައިންއަށް ފުރާވަޑައިގަންނަވާނީ މާދަމާ ކަމަށެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ޤައުމަށް ވަޑައިގަންނަވާނީ މި މަހުގެ 8 ވަނަ ދުވަހުކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާގޮތުގައި މި ދަތުރުފުޅުގެ ތެރޭގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާތަކުގެ އިތުރުން، ދެ ސަރުކާރުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައިވެސް ސޮއިކުުރުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އެ ދަތުރުފުޅުގެ އިތުރު ތަފްސީލްތަކެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް އަދި ފޮރިންގ މިނިސްޓްރީންވެސް ހާމަކޮށްފައެއް ނުވެ އެވެ.

ބަހްރައިންއަކީ އަރަބި ޤައުމުތަކުގެ ތެރެއިން، އިޤްތިސާދީ ގޮތުން ކުރިއެރުންތައް ހޯދަމުން އަންނަ ޤައުމެކެވެ. އަދި އެއީ އިސްލާމިކް ބޭންކިންގައިވެސް ފާހަގަކޮށްލެވޭ ޤައުމެކެވެ.

ރައީސް ސޯލިހް އެންމެފަހުން ޤައުމުން ބޭރަށް ދަތުރުފުޅެއް ކުރެއްވީ، އިނގެރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާގެ ބައިވެރިވެވަޑައިގެންނެވުމަށެވެ. އޭގެކުރިން އެމަނިކުފާނު ވަނީ ރަސްމީ ދަތުރުފުޅެއްގައި އަވަށްޓެރި އިންޑިއާއަށްވެސް ވަޑައިގެންފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button