ނަޝީދު އަދާލަތު ޕާޓީއަށް ފާޑުވިދާޅުވެއްޖެ
ސަރުކާރު ހިންގާ މައިނޯރިޓީ ޕާޓީއަކުން ސަރުކާރު ކޮންޓުރޯލު ކުރަން މަސައްކަތްކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝިދު އަދާލަތު ޕާޓިއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ނެރުއްވި ބަޔާނެއްގައި ބުނީ 2018 ވަނަ އަހަރު އެމްޑީޕީއިން ރިޔާސީ އިންތިހާުބު ކާމިޔާބު ކުރީ ބީޑު ތަފާތަކުން ކަމަށާއި އެމްޑިޕީއަށް ވޮޓު ދިން ފަރާތްކުން ވޯޓު ދިނީ އެމްޑީޕީގެ ފިކުރާ އަސާސްތަކަށް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ހޯދީ ކޯލިޝަނުން ކަމަށާއި ރައީސް އިބްރާހިން މުހަންމަދު ސޯލިހު ނިންމަވާ ނިންމެވުން ތަކަށް އަދާލަތުން ނުފޫޒު ފޯރުވަން ފުރުސަތު ދިނުމަކީ ޑިމަކްރަސީގެ އަސާސްތައް މުގުރާލުން ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވިގޮތިގައި މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ނަފްރަތުގެ ބިލާ ދެކޮޅަށް ވާހަކަދަައްކަނީ އަދާލަތު ޕާޓި ކަހަލަ ދީނީ ސިޔާސީ ޕާޓީތަކުންނެވެ.
”ދިވެހިންނަކީ ބަދަލު ވަމުން އަންނަ ބައެއް. އެ މީހުންނަކީ މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމާއި މިއުޒިކު އަޑުއެހުމާއި ތާރީހާއި ސަގާފަތާއި މުއްސަނދިކަން ހޯދުމަށް ލޯބިކުރާ ބައެއް. ދިވެހިން އުޅެނީ ވެސް މެދު މިނުގެ އިސްލާމް ދީނަކަށް.“ ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވިގޮތުގައި އެމަނިކުފާނަށް ދެވުނު ޓެރަރިސްޓް ހަމަލާއަކީ ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ ފަރާތްތަކުން ނެރޭ ދީނީ ފަތުވާތަކުގެ ސަބަބުން ދެވުނު ހަމަލާއެއްކަމުގައެވެ. އަދި މީގެ ކުރިން ޑރ.އަފްރާޝިމް އަލީ ފަދަ ބޭފުޅޫން ވެސް މަރާލާފައިވަނީ ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ ފަރާތްތަކުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ނަފްރަތުގެ ބިލު މަޖިލީހަށް ހުށަހެޅީ މިކަންތަށްތައް ހުއްޓުވުމަށް ކަމަށެވެ.