
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް މުހާތަބުކޮށް ”ހޮޅިނޫންގޮތެއް“ ހޯދަން ޖެހޭކަމަށް ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެ ޓުވީޓު ކުރެއްވުމާ ގުޅިގެން އެކުންފުނީގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަދި މާލެ ސިޓީ ކައުންސިލްގެ އެޑްވައިޒަރު އަހުމަދު މަމްދޫހު (މަންޑޭ)، މޫކޭއަށް ރައްދު ދެއްވައިފިއެވެ.
މޫކޭގެ ޓުވީޓު، ކުއޯޓު ކުރައްވައި، މަންޑޭ ވިދާޅުވީ ހޮނިހިރު ދުވަހު ނޭގޭ ރިޔާސީ އިންތިހާބުގެ ވޯޓުގައި ރައްޔިތުން ގޮތް ނިންމައިފި ކަމަށާއި، މާތް ރަސްކަލާނގެ އިރާދަފުޅުން އެއްވަނަ ހޯއްދަވާނީ ޕީޕީއެމް، ޕީއެންސީ ކެނޑިޑޭޓް ޑރ.މުއިއްޒު ކަމުގައެވެ.
ހޮނިހިރު ދުވަހު ނޭގޭ ވޯޓުގައި ރައްޔިތުން ގޮތް ނިންމައިފި. ، إن شاء الله އެއްވަނަ ހޯއްދަވާނީ ޕީޕީއެމް / ޕީއެންސީ ކެނޑިޑޭޓް @MMuizzu . އެކުވެރި @VMookey އަށް ދަންނަވާލަން އޮތީ ތިޔަބޭފުޅާއަކަށް އަމީނީ މަގެއް ނުނިމުނޭ. ނުވެސްނިންމޭނެ. އަޅުގަނޑުމެން މި އަންނަނީ އަމީނީ މަގު ނިންމަން… https://t.co/m2ww7z2Ij4
— Ahmed Mamdhooh (@Mandey77) September 7, 2023
”އެކުވެރި މޫކޭ އަށް ދަންނަވާލަން އޮތީ ތިޔަބޭފުޅާއަކަށް އަމީނީ މަގެއް ނުނިމުނޭ. ނުވެސް ނިންމޭނެ. އަޅުގަނޑުމެން މި އަންނަނީ އަމީނީ މަގު ނިންމަން إن شاء الله. އަދިވެސް ތިކަން ކުރެވޭނީ އަޅުގަނޑުމެންނަށް.“ މަންޑޭ ވިދާޅުވިއެވެ.
