ޚަބަރުސިޔާސީ

މަންޑޭ އަކްރަމަށް: ސިކުނޑިން ވިސްނާނުލާ ހިތުހުރި އެއްޗެއް ދުލުން ބުނުމަކީ މާ ގަދަ މީހަކަށް ވުމެއް ނޫން

ސިކުނޑިން ވިސްނާނުލާ ހިތުހުރި އެއްޗެއް ދުލުން ބުނުމަކީ މާ ގަދަ ސިޔާސީ މީހަކަށް ވުމެއް ނޫން ކަމަށް  މާލެ ސިޓީގެ ކޮންސަލްޓަންޓް އަހްމަދު މަމްދޫހް (މަންޑޭ) ވިދާޅުވެއްޖެއެވެ.

މަންޑޭ މިހެން ވިދާޅުވެފައިވަނީ ހައުސިންގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ރައްދު ދެއްވުމުގެ ގޮތުން ކުރައްވާފައިވާ ޓްވީޓެއްގައެވެ. ރާއްޖެ ޓީވީގެ ޕާޓްނަރު އަކްރަމް ކަމާލުއްދީން ޓެގް ކުރައްވާ މަމްދޫހް ވިދާޅުވެފައިވަނީ ”little knowledge is dangerous“ ނުވަތަ ކަމެއްގެ އިލްމު ކުޑަ ކުޑަ މިންވަރަކަށް އެނގުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި މައިކެއް އަތަށް ލިބޭ އިރަށް ސިކުނޑިން ވިސަނާނުލާ ހިތުހުރި އެއްޗެއް ދުލުން ބުނުމަކީ އަދި މާ ގަދަ ސިޔާސީ މީހަކަށް ވުމެއް ނޫން ކަމަށެވެ.

މީގެ އިތުރުން, ޒިންމާއިން ރެކެން އުޅުއްވަނީ އެބޭފުޅުންކަމަށާއި މާލެ ސިޓީގެ މޭޔަރ ޑރ, މުއިއްޒު އެއް ނޫންކަމަށްވެސް މި ޓްވީޓްގައިވެއެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button