
އަދިވެސް ޖީބުން ޓެކްސް ދޭންވީ ރައްޔިތުންތޯ ސުވާލު އުފައްދަވައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ޓްވީޓް ކުރައްވައިފިއެވެ.
ސައީދު މިހެން ވިދާޅުވެފައިވަނީ ލ އަތޮޅުގެ މަސްވެރިންގެ ޝަކުވާތަކާއި ބެހޭގޮތުން ޓްވީޓްކުރައްވަމުންނެވެ. މި ޓްވީޓްގައި ވަނީ ސަރުކާރުން މަސްވެރިންގެ އަޑު ނޭހި ކަމަށާއި، ފައިސާނުލިބިގެން ލ. އަތޮޅުގެ މަސްވެރިން ޝަކުވާ އުފުލަމުންދާތާ އެތަކެއް ދުވަހެއްވެއްޖެކަމަށާއި ފައިސާ ނުލިބި 3،4 މަސް ވެއްޖެކަމަށެވެ.
މި ޓްވީޓްގައި ކައުންސިލް ރައީސް އިބްރާހިމް ޝައްމޫން ޓެގް ކުރައްވާ އެމްޕީ ވިދާޅުވެފަައިވަނީ އެބޭފުޅާ ހިމެނޭ ގޮތަށް މާންދޫގައި ފައިސާ ކޮޅު ހޯދަން ސަލާން ޖަހަނީ ކަމަށެވެ.
ސަރުކާރުއަޑެއްނޭހި.ފައިސާނުލިބިގެން ލ.މަސްވެރިން ޝަކުވާ އުފުލަމުންދާތާ އެތައްދުވަހެއް. ފައިސާނުލިބި 3،4މަސް! މިވަގުތު ކައުންސިލްރައީސް @IbrahimShammoon ހިމެނޭގޮތައް މާންދޫގައި ފައިސާކޮޅުހޯދަންސަލާންޖަހަނީ! އަދިވެސް ޖީބުން ޓެކްސްދޭންވީ ރައްޔިތުން؟ @ibusolih @DrHussainHassan pic.twitter.com/T518cQzMT9
— Mohamed Saeed (@em_saeed) November 12, 2022
މި ޓްވީޓްގައި މަސްވެރިން އަޑުއުފުލާ ވީޑިއޯ އަދި ޕޮޓޯވެސް ހިމަނާފައިވެއެވެ.