ޚަބަރު
ވެގަޕޮއިންޓް ރޯވެ، މުދަލުގެ ގޮތުގައި 5 މިލިއަން ރުފިިޔާގެ ގެއްލުމެއް، އިމާރާތް ބޭނުން ނުކުރެވޭ!

ގަލޮޅު ވެގާ ގޭގައި ހުންނަ ވެގަޕޮއިންޓް ފިހާރަ ރޯވެ އަނދާ ހުލިވެގެންދިޔައިރު، ފިހާރާގައި ހުރި މުދަލުގެ އަގު 5 މިލިއަނަށް އަރާނެ ކަމަށާއި، އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަލިފާން ހިފިކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ ފަތިހުގެ ވަގުތެއްގައެވެ. އެނގިފައިވާގޮތުގައި މި ހާދިސާ ހިނގާފައިވާކަމަށް ބޮޑަށް ބެލެވެނީ އެރޭ ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ކަރަންޓު ސޯޓެއް ވެގެންނެވެ.
އެކަމަކު މި މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރެވެމުންނެވެ.
ވެގަޕޮއިންޓަކީ ކޮންމެ ދުވަހަކަށްވެސް ގޭބިސީތަކަށް ބޭނުންވާ ހުރިހާ ވައްތަރެއްގެ ސާމާނު އެއްތަނަކުން ލިބޭ، އެކި ފަރާތްތަކަށް ސަޕްލައި ކުރަމުން އަންނަ ވަރަށް ޒަމާންވީ ވިޔަފާރިއެކެވެ.