ޚަބަރު

ދައުލަތުގެ މީޑިއާގެ ޓެކްނިކަލް މުވައްޒަފުން އިހުތިޖާޖު ކޮށް، ޗެނަލްތައް ހުއްޓުމަކަށް ގެނެސްފި

ދައުލަތުގެ މީޑިއާގެ ޓެކްނިކަލް މުވައްޒަފުން އިހުތިޖާޖު ކޮށް، ޗެނަލްތައް ހުއްޓުމަކަށް ގެނެސްފި

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޓެކްނިކަލް މުވައްޒަފުންނަށް ދަށް މުސާރައެއް ދީ، މުސާރައިގެ އޮނިގަނޑު ސިވިލް ސަރވިސްގެ ގަވާއިދަށް ފައްތައި، ސިޔާސީ ނުފޫޒުން އިސްކޮށް އުޅޭ ވަކި ބަޔަކަށް ބޮޑު މުސާރަ ދޭ މައްސަލަައިގައި ޓީވީއެމްގެ ޓެކްނިކަލް މުވައްޒަފުން އިހުތިޖާޖަށް ނިކުމެ ޗެނަލްތައް ހުއްޓުމަކަށް ގެނެސްފިއެވެ.
މިވަގުތު ޓެކްނިކަލް މުވައްޒަފުން މަސައްކަތް ހުއްޓާލައިގެން ތިބި އިރު، ޓީވީއެމްގެ މިއަދުގެ ހެނދުނުގެ ޝޯވް ލައިވް ކުރީ އިންޖިނިއަރިންގ ޑިޕާޓުމެންޓުގެ މުވައްޒަފުން ގެނެސްގެންނެވެ.
މުސާރައިގެ މައްސަލާގައި ޕީއެސްއެމް ޓެކްނިކަލްގެ ގިނަ އަދަދެއްގެ ސްޓާފުން ވަނީ އިހުތިޖާޖުކުރުމުގެ ގޮތުން މިއަދު އޮފީހަށް ސަލާމްބުނެފައެވެ. އެގޮތުން ހެނދުނު ޝިފްޓުން އެކަނިވެސް ޓެކްނިކަލް ޕޫލްގައި މަސައްކަތްކުރާ 21 ސްޓާފުން ވަނީ ސަލާމްބުނެފައެވެ. ހެނދުނު ޝިފްޓްގައި 24 ސްޓާފުން ހިމެނޭއިރު، މީގެ ތެރޭގައި އޮފް ޑިއުޓީގައި ތިބި މީހުންވެސް ހިމެނެއެވެ. ހެނދުނު ޝިފްޓު މަސައްކަތަކަށް ނުކުމެފައިވަނީ އެންމެ ކެމެރާމަނެއްކަމަށްވެސް މައުލުމާތުލިބެއެވެ. މީގެ އިތުރުން މެންދުރު ފަހު ސެޝަންގެ ހުރިހާ ސްޓާފުންވެސް އިހުތިޖާޖުކުރުމުގެ ގޮތުން ސަލާމްބުނުމަށް ވަނީ ނިންމާފައެވެ.

ޕީއެސްއެމްގެ ޓެކްނިކަލް ޕޫލަކީ ޓީވީ ޗެނަލްއަދި ރޭޑިއޯ ޗެނަލްގެ ލައިވްތަކާއި ރެކޯޑިންގތަކުގައި އަމަލީގޮތުން މަސައްކަތް ކުރާ މުވައްޒަފުންނެވެ. ޓެކްނިކަލް ޕޫލްގައި 63 މުވައްޒަފުން ހިމެނޭއިރު އިހުތިޖާޖުގައި ބައިވެރިވެ ނިވްސްއެންޑް ކަރަންޓް އެފެއަރޒްގެ ޓެކްނިކަލް ގިނަ މުވައްޒަފުންތަކެއްވެސް މިއަދު ވަނީ ސަލާމް ބުނެފައިއެވެ.

”މިއަދަކީ ލައިވް އަދި ރިކޯޑިންގތަށްވެސް ގިނަ ދުވަހެއް، އެހާ ގިނަ ސްޓާފުން އެއްފަހަރާ ސަލާމްބުނުމުން ތަންއޮތީ ހުއްޓިފައި، މުޅިން ފަޅުތަނެއްގޮތުގައި ތަން އޮތީ.“ ޓީވީއެމްގެ ޕްރޮޑިއުސަރަކު މައުލޫމާތުދެމުން ބުންނެވެ.

ޓެކްނިކަލް މުވައްޒަފުން ހިތްހަމަ ނުޖެހުން ފާޅުކުރަމުންދަނީ ދާދިފަހުން ޕީއެސްއެމްގެ ޕޭ ސްޓްރަކްޗަރއަށް ގެނައި ބަދަލާއި ގުޅިގެން އެކަން ހައްލުކުރަން އުޅޭ އުޅޭ, ކުރިއެރުމެއް ނުލިބުމާއި ގުޅިގެންނެވެ. މުސާރައިގެ ކުރިއެރުމެއް ނުލިބި ތިއްބާ ޕޭ ސްޓަރަކްޗަރއަށް އަމަލުކުރަން ފެށުމާއި ގުޅިގެން ބައެއް މުވައްޒަފުންނަށް ބޮޑުވެފައިވަނީ 500 ރުފިޔާއާއި 50 ރުފިޔާއާއި، 30 ރުފިޔާގެ ކުރިއެރުމެކެވެ.

ދާދިފަހުންވަނީ  އެމްޑީ ހިމެނޭހެން އެޗްއޯޑީގެ ހުރިހާ އެންމެންގެވެސް މުސާރަ ބޮޑުކޮށްފައެވެ. މީގެ ތެރޭގައި ބައެއް ޑިޕާޓްމަންޓްތަށްވެސް ހިމެނެއެވެ. ޓެކްނިކަލް ޕޫލްގެ މުވައްޒަފުންނާއި ޖެހުނީމަ އާ އޮނިގަނޑަށް އަމަލުކުރަންފަށާފައިވާކަމަށް މައުލޫމާތު ލިބެނީ، މިކަމާއި ގުޅިގެން ޓެކްނިކަލް ސްޓާފުން އެދިގެން އެމްޑީ ބައިވެރިވި އެޗްއާރު މީޓިންގް އެއް މިމަހުގެ 14 ވަނަ ދުވަހުވެސް ވަނީ ބާއްވާފައެވެ.

އެ ބައްދަލުވުމުގައި އެޗްއާރް ހެޑް މުހައްމަދު ޖިނާހު ވަނީ މުވައްޒަފުން އަޑުގަދަކުރަނަމަ އޭނާއަށްވެސް އަޑުގަދަ ކުރެވިދާނެކަމަށާއި، ޖަހަން ޖެހިއްޖެނަމަ ޖެހިދާނެކަމަށް ބުނެ މުވައްޒަފުންނަށް ބިރުދައްކާ، ބައްދަލުވުމުގައި ތިބި މުވައްޒަފުންނާ ދިމާލަށްވެސް ގޮސްފައެވެ. އަދި އެވަގުތު އެމްޑީ އަލީ ޚާލިދުވަނީ ”ކަލޭމެންނާއި ދެން ބައްދަލުކުރާނީ ކަލޭމެން ތަހުޒީބުވި ދުވަހަކުން“ ކަމަށް ބުނެ ބައްދަލުވުން ދޫކޮށްގޮސްފައެވެ.

ޕީއެސްއެމްގެ ހިންގުން ދޯދިޔާވެ ހައްދުން ނެއްޓިފައިވާއިރު، އެމްޑީ ހިމެނޭހެން ހުރިހާ އެޗްއޯޑީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުންނެވެ. މިވަގުތުވެސް މި ޓީމް ވީ އައްޑޫ ސިޓީގައެވެ

Leave a Reply

Your email address will not be published. Required fields are marked *

Back to top button