ޚަބަރު

ޕީއެސްއެމް ވަގުތީގޮތުން ހިންގަން ސައީދަށް ހަވާލު ކޮށްފި

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ވަގުތީ ގޮތުން ހިންގުން އެ ކުންފުނީގެ ޑިރެކްޓަރ ޕްރޮކިއުމަންޓް މުހައްމަދު ސައީދާ ހަވާލުކޮށްފިއެވެ.

ސައީދު ވަގުތީގޮތުން އެ މަގާމަށް އައްޔަނުކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަލީ ޚާލިދުގެ މަގާމުގެ މުއްދަތު 24 ޑިސެމްބަރު 2022 ގައި ހަމަވުމާއި ގުޅިގެންނެވެ.

ޕްރައިވަޓައިޒޭޝަން އެން ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް އާސިމް މުހައްމަދު ޕީއެސްއެމްގެ ޗެއާމަން އިބްރާހިމް ހިލްމީއަށް އެޑްރެސް ކޮށް ޕީއެސްއެމުން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދުގެ މަގާމު މި މަހުގެ 24 ވަނަ ދުވަހު ހަމަވެފައިވާތީއާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމްގެ މަގާމުގެ މުއްދަތު މި މަހުގެ 26 ވަނަ ދުވަހު ހަމަ ވާނެތީ  އެ ދެބޭފުޅުން މަގާމުން ވަކިވީކަމަށެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރެވެންދެން ކުންފުނި ދުވަހުން ދުވަހަށް ހިންގެވުމުގެ ގޮތުން ނިންމަންޖެހޭ ނިންމުންތައް ފިޔަވައި ކުންފުނީގެ ސިޔާސަތާއި ގުޅޭ ނުވަތަ ބޮޑު މާލީ ކަމަކާ ގުޅޭ އެއްވެސް ކަމެއް ނުކުރުމަށްވެސް އެ ސިޓީގައި އަންގާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button