ޚަބަރު

މާލެ ސިޓީ ކައުންސިލުން ރަމަޟާން މަހަށް ޚާއްޞަކޮށްގެން ބާއްވާ މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކުރިއަށް އޮތް އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، މި ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ “ މާލޭ ސިޓީ ކައުންސިލް މަދަޙަ މުބާރާތް 1444 “ މި ނަމުގައެވެ.

މި މުބާރާތުގައި ޖުމުލަ 6 އުމުރުފުރާއަކުން ބައިވެރިވެވޭނެއެވެ. އެއީ 6 އަހަރުންދަށާއި، 9 އަހަރުންދަށާއި 11 އަހަރުންދަށާއި، 13 އަހަރުންދަށާއި 16 އަހަރުންދަށާއި 19 އަހަރުން ދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2023 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.

މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް އިނާމާއި ހަނދާނީ ލިޔުން ދެވޭނެއެވެ. އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވާނެއެވެ. އަދި މިއިން ކޮންމެ އުމުރުފުރައަކުން 1 ވަނަ، 2 ވަނަ، 3 ވަނަ އަށް އަންނަ ދަރިވަރަކު ހޮވާނެއެވެ.

މި މުބާރާތަށް އަލަށް ހުށަހަޅާ ޅެމާއި އަމިއްލަ ރާގުގެ ތެރޭން ވެސް އެންމެ މޮޅު 5 އުފެއްދުން ހޮވައި، 1ވަނަ، 2ވަނަ، 3ވަނަ ހޮވާނެއެވެ.

މި މުބާރާތުގެ ރެކޯރޑިން ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމަން ވަނީ ހަމަޖެހިފައެވެ. އެގޮތުން މަދަޙަ މުބާރާތް ފަށަން ތާވަލް ކުރެވިފައިވާ ތާރީޚަކީ 25 ފެބްރުއަރީ 2023 ގައެވެ.

މިމުބާރާތުގެ ވަނަވަނައަށް އަންނަ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ؛

ކޮންމެ ގްރޫޕަކުން

1 ވަނަ -/8000ރ، ޓްރޮފީ އާއި ސެޓްފިކެޓް

2 ވަނަ -/6000ރ، ޓްރޮފީ އާއި ސެޓްފިކެޓް

3 ވަނަ -/4000ރ، ޓްރޮފީ އާއި ސެޓްފިކެޓޢ

މުޅިމުބާރާތުން

1 ވަނަ-/25000ރ، ޓްރޮފީ އާއި ސެޓްފިކެޓް

2 ވަނަ -/15000ރ، ޓްރޮފީ އާއި ސެޓްފިކެޓް

3 ވަނަ -/10000ރ، ޓްރޮފީ އާއި ސެޓްފިކެޓް

މުބާރާތުގެ ވަނަވަނައަށް އަންނަ ޅެމާއި އަމިއްލަ ރާގަށް ކަނޑައެޅިފައިވާ އިނާމުތަކަކީ؛

3 ވަނައަށް ހޮވޭ ޅެމާއި ރާގަށް: -/3000ރ، ހަނދާނީ ލިޔުމާއި އިނާމު.

2 ވަނައަށް ހޮވޭ ޅެމާއި ރާގަށް: -/4000ރ، ހަނދާނީ ލިޔުމާއި އިނާމު.

1 ވަނައަށް ހޮވޭ ޅެމާއި ރާގަށް: -/5000ރ، ހަނދާނީ ލިޔުމާއި އިނާމު.

މި މުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީޚަކީ 20 ޖަނަވަރީ 2023 އެވެ.

މި މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށެވެ. އެ ގޮތުން https://qm1444.malecity.gov.mv/މި ލިންކުން ފޯމުފުރާލެއްވޭނެއެވެ.

މުބާރާތުގެ އުޞޫލު މި ލިންކުންhttps://www.gazette.gov.mv/iulaan/221452ޑައުންލޯޑުކުރެވޭނެއެވެ.

މީގެ އިތުރަށް އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އިދާރާއިން ފޯމު ދޫކުރާނެއެވެ. މި ގޮތުން ފުރޭ ފޯމު މާލެ ސިޓީ ކައުންސިލްގެ ބިއުރޯ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސްގެ 3 ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު އަނބުރާ 2:00 އަށް ބަލައިގަންނާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button