ބިލު ނުދައްކައިގެން ޕީއެސްއެމުން ފެން ކަނޑާލައި، ފާހާނާތައް ބަންދު ކޮށްފި

ދައުލަތުގެ މީޑިއާ ކަމުގައިވާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީވީއެމް ހިންގާ އިމާރާތުގެ ފެން ބިލު ނުދައްކާ އެތަކެއް ދުވަސްތަކެއް ވުމާ ގުޅިގެން، އެ އިމާރާތުން މިއަދު ފެން ކަނޑާލައިފި އެވެ.
ބިލު ނުދައްކައިގެން ޕީއެސްއެމުން ފެން ކަނޑާލައި، ފާހާނާތައްވެސް ވަނީ ބަންދު ކޮށްފައެވެ. މިވަގުތު ފެން ލިބެނީ ޓީވީއެމް ހިންގާ އިމާރާތުގެ އެތެރޭގައި ހުންނަ އިސްކުރަކަށެވެ. އެހެން ނަމެވެސް އެތަނުންވެސް ފެން ކަނޑާލަން ސަރުކާރުގެ ފެން ކުންފުނި ކަމުގައިވާ އެމްޑަބްލިއުއެސްސީ އިން ވަނީ ނިންމާފައެވެ.
ފެން ބިލްތަކަށް ނުދައްކާ އޮތީ ސީދާ ކިހާ އަދަދެއްގެ ފައިސާކަން ސާފު ނުވި ނަމަވެސް އާންމުކޮށް ސަރުކާރުފެ އިދާރާތަކަށް ދިގު މުއްދަތަކަށް ލުއި ދެއެވެ.
މިއަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުވެސް ފެން ބިލުތައް ނުދައްކައިގެން ޕީއެސްއެމުން ފެން ކަނޑާލާފައިވެއެވެ.
ޕީއެސްއެމުން ދައްކަން ޖެހޭ ކަރަންޓު ބިލުތަކުގެ ޖުމްލަ އަދަދު ވަނީ މިހާރު 80.9 މިލިއަން ރުފިޔާ އަށް އަރާފައެވެ. އެއީ 2019 ވަނަ އަހަރުން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނުދައްކާ ހުރި ބައެއް ބިލުތަކުގެ ޖުމުލަ އަދަދެވެ. އަދި ނުދައްކާ ހުރި ކަރަންޓު ބިލުތައް ދެއްކުމަށް ފިނޭންސް މިނިސްޓްރީން މި އަހަރު ޕީއެސްއެމަށް 12 މިލިއަން ރުފިޔާ ދޫކުރުމުންވެސް އެ ކުންފުނިން ސްޓެލްކޯ އަށް އަދި ދައްކާފައި ވަނީ 8 މިލިއަން ރުފިޔާއެވެ.
ލައްކަވަރަކަށް ކެވުނީމަތާ މިވަރުވާނީ