ޚަބަރުސިޔާސީ

ރައީސް ޔާމީންގެ ޝަރީއަތް ނިމުނުގެ ގޮތުގެ ރިޕޯޓު ހަވާލުކުރީ ހުކުމް ކުރިތާ 21 ގަޑިއިރު ފަހުން

ވ.އާރަށު މައްސަލާގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓ އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއާއި ގުޅިގެން އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމާއި ގުޅިގެން ސްޕްރީމް ކޯޓްގެ ޕްރެކްޓިސް ޑައިރެކްޝަނާއި އެއްގޮތަށް ހުކުމް އިއްވާ ދުވަހު ދޭންޖެހޭ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް، ހުކުމް ކުރިތާ 21 ގަޑިއިރު ފަހުން ހަވާލުކޮށްފިއެވެ.

ރައީސް ޔާމީންގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާއި އަދި އަދަބު ކަނޑައެޅުމާއި ގުޅޭގޮތުން ސްޕްރީމް ކޯޓުން ހަދާފައިވާ އުސޫލަށް ހަވާލާދީ އަދަބާއިބެހޭ ގޮތުން ވާހަކަ ދެއްކުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދިއެދި އޮއްވާ އަވަސް އަރުވާލައިގެން އެމަނިކުފާނަށް ހުކުމް ކުރީ އާދީއްތަ ދުވަހުގެ މަޣްރިބް ނަމާދަށް ބަންގި ގޮވަން ކައިރިވެފައި ވަނިކޮށެވެ.

ސްޕްރީމް ކޯޓުން 2021 ވަނަ އަހަރު ނެރެފައިވާ ޕްރެކްޓިސް ޑައިރެކްޝަނުގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮންމެ ކޯޓަކުންވެސް ބަލައި ނިންމާ މައްސަލައެއްގައި ހުކުމް އިއްވާ ދުވަހު، އެ މައްސަލައިގެ ހުކުމަށް ވާސިލުވި ސަބަބާއި، ހުކުމް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ޝަރީއަތް ނިމުނު ގޮތުގެ އަސްލެއް އެ މައްސަލަ ބެލި ފަނޑިޔާރުގެ ސޮޔާއެކު، މައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ހަވާލުކުރުމަކީ ލާޒިމް ކަމެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button