ޚަބަރުސިޔާސީ

ޖަލުގައި ހުންނެވިޔަސް، ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ކުރިއަށްދާނެކަމަށް ޕީޕީއެމުން ބުނެފި

ޕީޕީއެމްގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެޕާޓީގެ ސެނެޓުން، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ޓިކެޓު ދީ އެ ޓިކެޓު އެމަނިކުފާނު ގަބޫލުކުރައްވާފައިވަނިކޮށް، މި މަހު 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ރައީސް ޔާމިނުގެ މައްޗަށް ކުރި ހުކުމާ ގުޅިގެން އެމަނިކުފާނު މިހާރު ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ.

މިކަން މިގޮތަށް އޮތް ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް ޔާމީނު ކަމަށާއި އެމަނިކުފާނަށް މި އިންތިހާބު ކާމިޔާބުކޮށްދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެކަމަށް އިދިކޮޅު އިއްތިހާދުން ބުނެފައިވެއެވެ. އިދިކޮޅު އިއްތިހާދުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމް/ޕީއެންސީގެ ރައީސް އަބްދުއްރަހީމު (އަދުރޭ) ވިދާޅުވީ ރައީސް ޔާމީނުގެ ކެމްޕެއިން ހަރަކާތްތައް މާލެއާއި އަތޮޅުތަކުގައިވެސް އެ ޕާޓީން ކުރިއަށް ގެންދާނެކަމަށެވެ. އަދި 2023 އަހަރު ފެށުމާއެކު ރާއްޖެތެރެއަށްވެސް ކެމްޕެއިން ދަތުރުތަކުގައި ދާން ހަމަޖައްސާފައިވާކަމަށްވެސް އަދުރޭގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފުކޮށް ރައީސް ޔާމީނު މިނިވަންކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މިހާރު އެބަކުރައްވައެވެ. އަދި ރައީސް ޔާމީނު މިނިވަންކުރުމަށް އިތުރު ސިޔާސީ މަސައްކަތްތައް ކޮށް އިހްތިޖާޖުކުރާނެކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button