ޚަބަރުސިޔާސީ

ލިބުނުހާ ”އެއްޗަކަށް“ ހެދީ ބޮޑު ގެއެއް، އެހެރީ ފެންނަން: ނައިބު ރައީސް ފައިސަލް

ސިޔާސީ މަސައްކަތްޕުޅު ކުރައްވައިގެން ލިބިވަޑައިގެންނެވި ހުރިހާ ”އެއްޗަކަށް“ އަމިއްލަފުޅު ރަށް ކަމުގައިވާ ފުވައްމުލައް ސިޓީގައި ބޮޑު ގެއެއް ހައްދަވައި ނިންމެވިކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ދަތުރުފުޅެއްގައި ފުވައްމުލަކަށް ވަޑައިގެން މިހާރު ކުރިއަށް ގެންދަވާ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން އެމްޑީޕީގެ ބަޔަކު އެއްކުރައްވައި އަމިއްލަފުޅު ރަށު ބަހުރުވައިން ދެއްކެވި ވާހަކަފުޅެއްގައި ފައިސަލް ވިދާޅުވީ އެފަދަ ބޮޑު ގެއެއް ފުވައްމުލަކުގައި ބިނާކުރެއްވީ ރަށް ދެކެ ވެވަޑައިގަންނަވާ ލޯތްބެއްގެ ބޮޑުކަމުން ކަމުގައެވެ. ފައިސަލް ވިދާޅުވީ ޒުވާން އައު ޖީލެއް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށާއި، އެމަނިކުފާނުމެން ފަދަ ބޭފުޅުންގެ ދުވަސް ނިމެނީ ކަމުގައެވެ. އަދި ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކޮށްދޭން ޖެހޭކަމަށާއި، ފައިސަލްގެ ބަސް ގަބޫލު ކުރެއްވުމަށް އެމަނިކުފާނު އެތަނުގައި ތިބި މީހުނާ މުހާތަބުކުރައްވައި ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނަށް ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވައިގެން ރަށުގައި ބޮޑު ގެއެއް ހައްދަވައިގެން ހުންނެވީވެސް އެރަށުން ފިއްލަވައިގެން ތަނަކަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާތީކަން ފާހަގަކުރެއްވިއެވެ.

”ލިބުން ހުށިހައި އެއްތަކަހަސް ކެޅަކަމަކީއަސް އޭ. ރަށޮ ދެކެ ވޭ ލޯއްބެން. ރަށި ހިންނަހަ ވެގެން. ތިބޭފުޅުން ގަބޫލުކުރައްވައު އެކަން.“ ފައިސަލް ވިދާޅުވިއެވެ.

ޒުވާން ޖީލެއް ބޭނުންވަނީ ސީދާ ކޮންކަމަކަށް ކަން ފައިސަލް ވިދާޅުނުވިޔަސ،ް އެމަނިކުފާނުމެންފަދަ ބޭފުޅުންގެ ސިޔާސީ ހަޔާތް ނިމޭއިރު ލިބުނުހާ އެއްޗަކަށް ބޮޑު ގެއެއް ރަށުގައި ހެއްދެވިމަގުން މުސްތަގުބަލުގައި ހިނގާނެ ޒުވާން ޖީލެއް ބޭނުންވަނީތޯވެސް ނުވަތަ ނޫންތޯވެސް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.

2 Comments

    1. ޔާމިނު އެކަނިދޯ މުއްސަނދިވާންވީ ރައްޔިތުންގެ ލާރީގަ. ވަރައް ސަޅިދޯ ފައިސަލްގެ ގެ..

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button