ޚަބަރުސިޔާސީ

ރައީސް ޔާމީނާއި ރަނިންގމޭޓްގެ ކެންޑިޑެސީ ފޯމް މާދަމާ އިލެކްޝަނަށް ވައްދަނީ

އިދިކޮޅު ޕީޕީއެމްގެ ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ރަނިންގމޭޓް ކަމުގައިވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދުގެ ކެންޑިޑެސީ ފޯމް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ވެއްދުމަށް ޕީޕީއެމުން ނިންމައިފިއެވެ.

ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން މައުލޫމާތު ލިބުނުގޮތުގައި ފޯމު އީސީއަށް ވައްދާނީ މާދަމާ ހެނދުނު 10:00 އެހާކަންހާއިރެވެ. އަދި އެ ހަރަކާތުގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށްވެސް ޕީޕީއެމުން ދައުވަތު ދެއެވެ. އެގޮތުން ޔާމީނަށް ސަޕޯޓުކުރާ މެންބަރުންގެ ތެރެއިން ފިރިހެނުން ހުދުގަމީހާއި މެޖެންޓާ ޓައި އަދި އަންހެނުން ހުދާއި މެޖެންޓާ އެކުލެވޭ ހެދުމެއްގައި އައުމަކީ އެޕާޓީއިން އެދޭ ކަމެކެވެ.

ޕީޕީއެމަކީ މިފަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކާއި ރަނިންގމޭޓެއް އެންމެ ފުރަތަމަ ދެއްކި ޕާޓީއެވެ. ޖަލު ހުކުމުގެ އުނދަގުލާހެދި ޔާމީނަށް އިންތިހާބުގައި ވާދަކުރަން ދަތިތަކާ ކުރިމަތިވީނަމަވެސް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެވެސް އެންމެ އިސް މެންބަރު ޑރ.ޖަމީލާއި އިދިކޮޅު ޕީޕީއެމާއި ޕީއެންސީއިން ދެކެވަޑައިގަންނަވާ ގޮތުގައި ޔާމީން ހަނި ދޭތޭރެއަކުން ނިކުމެވަޑައިގެން ކުރިޔަށް އޮތް އިންތިހާބު ކާމިޔާބު ކުރައްވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button