ޚަބަރުސިޔާސީ

ނައިބު ރައީސް ފުވައްމުލައް ސިޓީއަށް ފުރާވަޑައިގަންނަވައިފި

ނައިބު ރައީސް ފައިޞަލް ނަސީމް، ފުވައްމުލައް ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވައިފިއެވެ.

‎ދެ ދުވަހުގެ މުއްދަތަށް އެމަނިކުފާނު ކުރައްވާ މި ދަތުރުފުޅުގައި 3 ޖޫން 2022 ވީ ހުކުރު ދުވަހު ފާހަގަކުރި ބައިނަލްއަގުވާމީ ބައިސްކަލު ދުވަހުގެ ހަރަކާތެއްގެ ގޮތުން އެ ސިޓީގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ “ނޯ ވެހިކަލް އަވަރ” ބައިސްކަލު ބުރުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އެ ސިޓީގައި ބާއްވާ ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. ނައިބު ރައީސްގެ މި ދަތުރުފުޅުގައި، ފުވައްމުލައް ސިޓީގައި ޤާއިމުކުރެވިފައިވާ ޓޭބަލް ޓެނިސް ހޯލުގެ ޢިމާރާތް ހުޅުވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

‎ރައީސް އޮފީހުން ވިދާޅުވިގޮތުގައި އެމަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލައްވާ އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button