ޚަބަރު

ފާހިޝް މުންކަރާތްތައް ހިނގަމުންދާއިރު ރިއެކްޓް ނުކުރާ ވަލިއްޔުލް އަމްރެއް މުސްލިމުންނަށް މުހިއްމުވާނެތޯ: ޝެއިޚް ނިޝާން

ދިވެހި ރާއްޖޭގައި އިންތިހާއަށް ފާހިޝް ކަންތައްތަކާއި މުންކަރާތްތައް ހިނގަމުންދާއިރު، އެކަންކަމަށް ރިއެކްޓް ނުކުރާ ވަލިއްޔުލް އަމުރެއް މުސްލިމުންނަށް މުހިންމުވާނެތޯ ޝެއިޚް ނިޝާން ސުވާލު އުފައްދަވައިފިއެވެ.
ޝެއިޚް ނިޝާން މިފަދައިން ވިދާޅުވެ ސުވާލު އުފައްދަވާފައިވަނީ ބަރަކާތްތެރި އަޟްޙާ ޢީދާއި ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އާންމު ޢިޖްތިމާއީ މިންގަނޑާއި އަދި އިސްލާމްދީނާއި ޚިލާފު އެތައް ޙަރަކާތްތަކެއް ހިންގަމުން ގެންދިޔައިރުވެސް ސަރުކާރުގެ ކަމާއިގުޅުންހުރި އެއްވެސް އިދާރާއަކުން މިކަން ހުއްޓުވާފައި ނުވާތީއެވެ.
އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިހް އިލްޔާސް ޖަމާލް މީގެދުވަސްކޮޅެއް ކުރިން ރައީސް އިބްރާހިމް ރިއެކްޓްކުރައްވާ ގޮތުގެ މަޑުމައިތިރިކަމާ ބަސްމަގުގެ ރީތިކަމާ ދައްކަވާ އަޚްލާޤުގެ ފުރިހަމަ ކަމާއި ވަލިއްޔުލްއަމްރަކަށް އެޞިފަތައް މުހިންމުކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަކަށްވެސް ޢިޝާރާތް ކުރައްވާ ޝެއިޚް ނިޝާން ވިދާޅުވީ ރާއްޖޭގައި ހިނގާ އެންމެހައި ލާދީނީ ފާޙިޝް މުންކަރާތްތަކެއް ހިނގަމުންދާއިރު، އެކަންކަން ނުހުއްޓުވައި، އަދަބުނުދީ، ނުވިތާކަށް އެފަދަ ކަންކަން އިންކާރުކޮށް ދެކޮޅަށް ބަހެއް ބުނެލައިގެންވިޔަސް ރިއެކްޓް ކުރައްވަން ކެރިވަޑައިނުގަންނަވާ ވަލިއްޔުލް އަމްރެއް މުސްލިމުންނަށް މުހިއްމުވާނެތޯއެވެ.
މިއަހަރުގެ އަޟްޙާ ޢީދާއި ގުޅިގެން ހިންގި ބައެއް ހަރަކާތްތަކުގައި ހިޖާބަށް ފުރައްސާރަކުރުމާއި އިސްލާމްދީނާއި ޚިލާފު އެތައް ޙަރަކާތްތަކެއް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައެވެ. އެހެންނަމަވެސް މިކަން ރަށްރަށުގެ ކައުންސިލްތަކުންވެސް އަދި ކަމާއި ގުޅުންހުރި އެއްވެސް މުއައްސަސާއަކުން ހުއްޓުވާފައިނުވެއެވެ. އަދި ރަސްމީ ސިފައެއްގައި ސަރުކާރުން މިކަމާއި ގުޅިގެންއެއްވެސް އެއްޗެއް ވިދާޅުނުވެ ރިއެކްޓް ނުކުރައްވާ ތިއްބެވީއެވެ.

2 Comments

  1. މުސްލިމުންނަށް ޚަވާރިޖުންގެ ނުރައްކާ މާބޮޑެވެ. އެއީ ނަރަކައިގެ ކުއްތާއިން ކަމުގައި ބަޔާން ބެގެންވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button