އިންޑިއާ އައުޓް ޙަރަކާތް ހިނގަނީ ޕީޕީއެމްގެ ފުލް އޮތޯރިޓީގަ، ނުހުއްޓުވޭނެ: މުޙައްމަދު
ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ނުފޫޒާއި އިންޑިއާގެ އަސްކަރިއްޔާ ޤާއިމްވެ ތިބިތިބުމާއި ދެކޮޅަށް އިދިކޮޅު ލީޑަރ ރައީސް ޔާމީން އިސްވެ ހުންނަވާ ފއްޓެވި ”އިންޑިއާ އައުޓް“ ޙަރަކާތް ހިނގަނީ ޕީޕީއެމްގެ ފުލް އޮތޯރިޓީގައި ކަމަށާއި އެ ޙަރަކާތް ނުހުއްޓުވޭނެ ކަމަށް ޕީޕީއެމްގެ ޙަރަކާތު ކޮމެޓީގެ ޗެއާ މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މުޙައްމަދު މިފަދައިން ވިދާޅުވީ ދާދިފަހުން ޕީޕީއެމްގެ އާންމު މެންބަރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މާސްކް އަޅައިގެން ކުރިއަށް ގެންދިޔަ މުޒާހަރާ އާއި ގުޅިގެން ސަރުކާރުން ފާޑުކިޔަމުން ދަނިކޮށް ޕީޕީއެމާއި އެކު ސިޔާސީ މަސައްކަތް ކުރަން އެއްބަސްވެ ކޯލިޝަން ހެދުމަށް ތައްޔާރުވަމުންދާ ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން ވެސް އެ ޙަރަކާތް ހުއްޓުވުމަށް ސަރުކާރަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.
ޕީޕީއެމްގެ ސެނޭޓް އިން ފާސްކޮށް ހަރަކާތް ޑިޕާޓްމަންޓް އުފައްދައި އެ ޑިޕާޓްމެންޓުގެ ޗެއާ ގޮތުގައި ހަމަޖެއްސުމަށްފަހު އަޅުގަނޑު އިސްވެހުރެ ދިވެހި ރައްޔިތުންނަށް ނުހައްގުން ލިބޭ އަނިޔާއާ ދެކޮޅަށް އެތައް ހަރާކާތެއް ވާނީ ގާނޫނުގެ އިމުގެ ތެރެއިން ކުރިޔަށް ގެންގޮސްފައެވެ.…
— Mohamed Ismail (@MPMohdIsmail) June 30, 2023
މިކަމަށް ޢިޝާރާތްކުރައްވާ މުޙައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ސެނެޓުން ފާސްކޮށް ޙަރަކާތް ޑިޕާޓްމަންޓް އުފައްދައި އެ ޑިޕާޓްމެންޓުގެ ޗެއާ ގޮތުގައި ހަމަޖެއްސުމަށްފަހު މުޙައްމަދު އިސްވެހުންނަވައިގެން ދިވެހި ރައްޔިތުންނަށް ނުޙައްޤުން ލިބޭ އަނިޔާއާ ދެކޮޅަށް އެތައް ޙަރާކާތެއް ޤާނޫނުގެ އިމުގެ ތެރެއިން ކުރިޔަށް ގެންގޮސްފައިވާނެ ކަަމަށެވެ. އެގޮތުން ރޭޕް ކޭސްތަކުން އަނިޔާވި ފަރާތްތަކަށް ޙައްޤު ހޯދުމަށާއި، އިންޑިއާ ސިފައިން ރާއްޖެގަ ތިބުމާ ދެކޮޅަށްވެސް އަދި ދިވެހި ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ދެކޮޅަށާއި، ގޮތް ނޭގޭ މަރުތަކުގެ ޙައްޤު ހޯދުމަށް ނުހުއްޓި ސުލްހަވެރި އިހުތިޖާޖު ކޮށްފައި ވާނެ ކަމަށް މުޙައްމަދު ވިދާޅުވިއެވެ.
މީގެން އިތުރުންވެސް ދިވެހި ރައްޔިތުންގެ ޙައްޤުގައި އެތައް ޙަރަކާތެއް ހިންގާފައިވާނެ ކަން ފާހަގަކުރައްވާ މުޙައްމަދު ވިދާޅުވީ ޚާއްސަކޮށް އިންޑިއާ އައުޓް ޙަރަކާތަކީ ޕީޕީއެމް ލީޑާޝިޕް ގެ ފުރިހަމަ އެއްބާރުލުން އަދި ބައިވެރިވުން ލިބިގެން ހިންގާ ހަރަކާތަކަށް ވުމުން އިންޑިއާ އައުޓް ހަރަކާތް ހުއްޓުވޭނެ އެއްވެސްގޮތެއް ނޯންނާނެކަމަށެވެ.
އެއްގޮތަކަށްވެސް އިންޑިޔާއަށް ނުގޮސް ތިބެވެންޏާއި ހުއްޓާނެ ކަމެއް ނެތެވެ. ހަބަރު ލިބޭ ގޮތުގައި މިދެތިން ދުވަހުގެ ތެރޭގައި ތިޔަ ގްރޫޕްގެ ބާރަށު ސުޖާގެ ބޭބެއާއި އާއިލާ އިންޑިޔާއަށް އިން ވާނެއެވެ. ބައި ބައި