ޚަބަރު

45 ދުވަސް ފަހުން ޝެއިޚް ނިޝާން ދޫކޮށްލީ ޝަރުތުތަކަކާއެކު

45 ދުވަސް ފަހުން ޝެއިޚް އާދަމް ނިޝާން ޝަރުތުތަކަކާއެކު މިއަދު ބަންދުން ދޫކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުން ނިޝާނަށް ކުރި ޝަރުތުތަކުގެ ތެރޭގައި މާލެއިން ބޭރަށް ދާނަމަ ހުއްދަ ހޯދުމާއި، ފޯނު ނަންބަރާއި ދިރިއުޅޭ އެޑްރެސް ބަދަލުވެއްޖެނަމަ އެންގުމަށާއި، ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުން ހިމެނެއެވެ.

ޝެއިޚް ނިޝާންގެ ބަންދަށް ގާޒީ މިސްބާހު މިމަހުގެ 5 ވަނަ ދުވަހު އިތުރު ކުރެއްވީ 3 ދުވަހެވެ.
ޓެރަރިޒަމްގެ ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން މުއްދަތު އިތުރުކުރުމަށް އެދޭނަމަ، ގާނޫނު ބުނާގޮތުން 45 ދުވަހުގެ ތެރޭ ތަހުގީގު ނިންމައި ޕީޖީއަށް މައްސަލަ ފޮނުވަން ޖެހެއެވެ.

ނިޝާންގެ މުއްދަތު އިތުތުކުރުމަށް ފުުލުހުން އެދިފައިވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ލ) ގެ ދަށުންނެވެ. އެހެންކަމުން ގިނަވެގެން 45 ދުވަހުގެ ތެރޭ ޝެއިޚަށް ކުރާ ތުހުމަތުގެ މައްސަލަ ތަހުގީގުކޮށް ޕީޖީއަށް ހުށަހެޅުމަކީ ތަހުގީގީ އިދާރާއަށް ލާޒިމް ވާކަމެކެވެ. އެއަށް ވުރެން ގިނަދުވަސް ތަހުގީގަށް ބޭނުންވާނަމަ، ފުލުހުން ޖެހޭނީ ޕީޖީގެ ފަރާތުން އެދިގެން ތަހުގީގަށް މުއްދަތު އިތުރު ކުރަން ކަމުގައި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އެފަދަ އެދުމެއް ފުލުހުން ޕީޖީގަ އެދިފައިވާ ކަމަށް ބުނި ނަމަވެސް އެ ލިޔުމެއް ލިބިފައެއް ނެތެވެ. އަދި މި މައްސަލާގަ ނިޝާން އާއި ދެކޮޅަށް ފުލުހުން އާހެއްކެއް ހުށަހަޅާފަވެސް ނެތެވެ. އެހެން ކަމުން 45 ދުވަހަށް ވުރެ އިތުރަށް ނިޝާން ބަންދުގައި ބަހައްޓަންޖެހޭ ގާނޫނީ ސަބަބެއް ދައުލަތަށް ނުދެއްކުނީއެވެ.

ޖޫން 21 ވަނަ ދުވަހުގެ ހެދުނު ސަރުކާރާއި އިންޑިއާގެ އިސްވެރިންތަކެއް ގަލޮޅު ދަނޑު ތެރޭގައި ޔޯގާ ހަދަން ތިއްބައި ހިނގައިދިޔަ ހަމަނުޖެހުން ރާވާ ހިންގި ކަމުގެ ތުހުމަތުގައި ޝެއިޚް ނިޝާންގެ އިތުރުން ޝެއިޚް ފަޟްލޫން ބިން މުހައްމަދުވެސް ބަންދު ކުރުމަށްފަހު ޝަރުތުތަކަކާއެކު ދޫކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button